23 ނޮވެމްބަރު 2024

Advertisement

ނުރައްކާތެރި ކެމިކަލްއެއް ހުރުމުން ހޮޑު ބޭހެއް އެތެރެކޮށް ވިއްކުން މަނާކޮށްފި

28 ނޮވެމްބަރު 2023

ރައްކާތެރި ކެމިކަލެއް ހުރުމުން އެމިޑޯން ބޭސް އެތެރެކޮށް ވިއްކުން މަނާކޮށްފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އެތެރެކޮށް ވިއްކުން މަނާކޮށްފައިވަނީ "އެމިޑޯން ސަސްޕެންޝަން" ކިޔާ ބޭހެކެވެ. މިއީ ހޮޑު ބޭހެކެވެ.

އެމްއެފްޑީއޭއިން ނެރުނު އެލާޓުގައި ބުނެފައިވަނީ މި ބޭހުގައި ޑައިއީތައިލިން ގްލައިކޯލް (ޑީއީޖީ) ކިޔާ މާއްދާއަކާއި އިތައިލީން ގްލައިކޯލް (އީޖީ) ކިޔާ މާއްދާއެއް ހިމެނޭ ކަމަށް ޕާކިސްތާނުގެ ބޭސް ރެގިއުލޭޓް ކުރާ އޮތޯރިޓީން އަންގާފައިވާ ކަމަށެވެ.

Advertisement

އެހެންކަމުން މި ބޭހުގެ އެއްވެސް ބެޗެއް ރާއްޖެ އެތެރެކުރުމާއި ވިއްކުމާއި ބޭނުންކުރުމަކީ މަނާކަމެއް ކަމުގައި އެމްއެފްޑީއޭއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން އަމިއްލަ ބޭނުމަށް ބޭސް ސިޓީއަށް މި ބޭސް އިމްޕޯޓު ކުރުމަކީވެސް މަނާ ކަމެއް ކަމަށް ވެސް އެމްއެފްޑީއޭއިން ވަނީ ބުނެފައެވެ. އަދި މި ބޭސް އެތެރެކޮށް، ވިއްކާ ފަރާތްތަކުން އުސޫލާ އެއްގޮތަށް މި ބޭސް ނައްތާލުމަށް އަންގާފައިވެއެވެ.

Advertisement

ކޮމެންޓް