23 ނޮވެމްބަރު 2024

Advertisement

އާރްޑީސީގެ އެމްޑީއަކަށް ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް ޒުހެއިރު

29 ނޮވެމްބަރު 2023

ރޯޑް ޑޮވެލޮޕްމަންށް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިން ޑިރެކްޓަރަކަށް ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް އަލީ ޒުހެއިރު އައްޔަން ކުރައްވައިފިއެވެ.

ސަރުކާރުގެ މަގު ހަދާ ކުންފުނި އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރު ކަމަށް ރައީސް ޑރ. މުއިއްޒު ޒުހެއިރު އައްޔަން ކުރެއްވީ އިއްޔެއެވެ.

ޑިފެންސްގެ ދާއިރާއިން މަތީތައުލީމް ހާސިލް ކުރައްވާފައިވާ ރިޓަޔާޑް ބްރިގޭޑިއާ ޖެނަރަލް ޒުހެއިރު ވަނީ ސިފައިންގެ ވެލްފެއާ ކޮމްޕެނީގެ ޗެއާމަން ކަމާއި ކޮމާންޑިން އޮފިސާ އޮފް މޯލްޑިވްސް ނެޝަނަލް ކެޑޭޓް ކޮޕްސްގެ މަގާމު އަދާކުރައްވާފައެވެ.

Advertisement

މީގެ އިތުރުން އިލެކްޓްރިކް އަދި މެކޭނިކަލް އިންޖިނިއާގެ ކޮމާންޑަރު ކަމާއި މެރީން ކޮޕްސްގެ ކޮމާންޑަރުގެ އިތުރުން އެމްއެންޑީއެފްގެ ކޯސްޓު ގާޑުގެ ކޮމާންޑަރުކަން ވެސް ޒުހެއިރު ކުރައްވާފައިވެއެވެ.

ޒުހެއިރު ވަނީ ސިފައިންގެ ހިދުމަތުގައި ހޭދަ ކުރެއްވި ދުވަސްތަކުގައި އެ ދާއިރާއިން ފާހަގަކޮށްލެވޭ ގިނަ ކޯސްތަކެއް ހަދާ އެތައް ކާމިޔާބީއެއް ހާސިލް ކުރައްވާފައެވެ.

Advertisement

ކޮމެންޓް