ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އީވާ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް އާދީއްތަ ދުވަހު މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ނިންމައިފިއެވެ.
50 މެންބަރުންގެ ސޮޔާއެކު އީވާ ވަކިކުރުމަށް އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވާއިރު، މައްސަލައިގެ ނޯޓިސް އީވާއަށް ފޮނުވާފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ.
މަޖިލީހުގެ އާންމު ކޮމިޓީން ނިންމާފައިވަނީ މައްސަލައިގައި ޖަވާބު ދާރީވުމަށް އީވާއަށް 30 މިނެޓްގެ ފުރުސަތެއް ދިނުމަށެވެ.
އީވާ މަގާމުން ވަކިކުރަން އެމްޑީޕީން ހުށަހެޅި މި މަހުގެ 13 ވަނަ ދުވަހުއެވެ. މިއީ އޭނަ ވަކިކުރުމުގެ މައްސަލަ ހުށަހެޅި ދެވަނަ ފަހަރެވެ. ކުރިން ހުށަހެޅި މައްސަލަ އަނބުރާ ގެންދިޔައީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ތެރޭގައެވެ.