23 ނޮވެމްބަރު 2024

Advertisement

ތުހުމަތު އަޅުވަނީ ފްރޭމްކުރަން: ޒަމްޒަމް

01 ޑިސެމްބަރު 2023

އަރަބިއްޔާ ސްކޫލްގެ ދަރިވަރުންތަކަށް ޖިންސީ ފުރައްސާރަކުރި ކަމަށް ބުނެ ތުހުމަތުތަކެއް ކުރަމީ ފްރޭމްކުރަން ކަމަށް ޝެއިހް ޒަމްޒަމް ފާރިޝް ވިދާޅުވެއްޖެ އެވެ.

އެ ސްކޫލްގެ ދެ ޖިންސުގެ ދަރިވަރުންތަކަށް އޭނަ ޖިންސީ ފުރައްސާރަކުރި ކަމަށް ބުނެ މައްސަލައެއް ފެންމަތިވެ، އެކަން އެޑިއުކޭޝަން މިނިސްޓްރީގެ ސަމާލު ކަމަށް ގެނައުމާ ގުޅިގެން އެކަން ޖެންޑަ މިނިސްޓްރީއާ ގުޅިގެން ފުލުހުންނަށް ހުށަހަޅާފައިވެ އެވެ. އަދި ފުލުހުން އަންނަނީ އެ މައްސަލަ ބަލަމުންނެވެ.

ނަމަވެސް އިތުރު ތަފުސީލެއް ނުދެ އެވެ.

Advertisement

ތުހުތަމާ ގުޅިގެން ޒަމްޒަމް މިއަދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ "އިންޑިއާ އައުޓު" މައްސަލައިގައި ވެސް އުޅުނީ ފްރޭމްކުރަން ކަމަށާއި އެކަން ވެސް ނާކާމިޔާ ކަމަށެވެ.

"މިހާރު ވެސް އުޅެނީ ފްރޭމް ކުރަން. މަތީފަޑި ބަދަލުވިޔަސް ތިރިއޮތީ އަދިއޮތީ ހަމަ އޮތް ގޮތަށް،" އެޑިއުކޭޝަން މިނިސްޓްރީ އަށް އިޝާރާތްކުރައްވައި އޭނަ ވިދާޅުވި އެވެ. "އިންޝާﷲ ޙަޤީޤަތް ހާމަވާނެ. ފަހަތުގައި ތިބި މީހުން ވެސް ހާމަވާނެ. ކެރެންޏާ "މުބާހަލާ" ކުރަން އަންނަންވީ. އެނގިދާނެތާ."

ޒަމްޒަމަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި ކުރިއަށް ގެންދިޔަ "އިންޑިއާ އައުޓް" ކެމްޕެއިންގެ ހުރިހާ ހަރަކާތްތައް ހުއްޓުވަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނެރުއްވި ގަރާރަށް ގޮންޖެއްސެވި ކަމަަށް ބުނެ މުސާރަ ނުލިބޭ ގޮތަށް އަރަބިއްޔާ ސުކޫލުގެ ހަދީސް ޓީޗަރުގެ މަގާމުން މިދިޔަ އަހަރު ސަސްޕެންޑް ކުރި ޓީޗަރެކެވެ.

ނަމަވެސް ފަހުން އެ މައްސަލައިގައި އެޑިއުކޭޝަން މިނިސްޓްރީން ވަނީ އޭނަ ސަސްޕެންޑްކުރެވުނީ އޮޅުމަކުން ކަމަށް ބުނެ އެ ނިންމުން ބާތިލުކޮށްފަ އެވެ.

Advertisement

ކޮމެންޓް