23 ނޮވެމްބަރު 2024

Advertisement

ހައިކޯޓު ރިސެސް އަށް

01 ޑިސެމްބަރު 2023

ހައިކޯޓު ރިސެސް އަށް ހިނގައްޖެ އެވެ.

ހައިކޯޓު ރިސެސް އަށް ދިޔައީ މި މަހުގެ 30 ގެ ނިޔަލަށެވެ.

ހައިކޯޓު ރިސެސް އަށް ދިޔަ ނަމަވެސް މި މުއްދަތުގެ ތެރޭގައި ބައެއް ބާވަތްތަކުގެ މައްސަލަތައް ކުރިއަށް ގެންދިއުމަށް ފަނޑިޔާރުންގެ އާއްމު މަޖިލީހުން ވަނީ ނިންމާފަ އެވެ.

Advertisement

މިމުއްދަތުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ޤާނޫނުގައި ވަކި މުއްދަތެއްގެ ތެރޭގައި ނިންމުމަށް ކަނޑައަޅާފައިވާ ބާވަތުގެ މައްސަލަތަކާއި، ޙުކުމް ކުރުމަށް ބާއްވާ ޝަރީޢަތުގެ މަޖިލިސްތަކާއި، އަވަސް ޠަބީޢަތު މައްސަލަތަކާއި އަވަސްކޮށް ހިންގަންޖެހޭ ކަމަށް މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗަށް އެއްބަސްވެވޭ މައްސަލަތަކެވެ.

ސުޕީރިއާ ކޯޓުތައް ކޮންމެ އަހަރަކު ދެ ފަހަރު ރިސެސްއަށް ދާނެ އެވެ. ޖޫން މަހާއި ޑިސެމްބަރު މަހުގެ ވަކި މުއްދަތެއްގައި ކޯޓުތައް އޮންނަނީ ރިސެސްގަ އެވެ.

Advertisement

ކޮމެންޓް