20 އޭޕްރީލު 2025

Advertisement

މަޖިލީހުގެ ނާއިބްރައީސްކަމަށް އެމްޑީޕީން 3 މެންބަރަކު ވާދަކުރައްވަނީ

03 ޑިސެމްބަރު 2023

ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ނާއިބްރައީސްކަމުގެ މަޤާމަށް އެމްޑީޕީގެ ފަރާތުން 3 މެންބަރަކު ވާދަކުރެއްވުމަށް ނިންމަވައިފިއެވެ.

މި މަޤާމަށް އެމްްޑީޕީގެ ފަރާތުން ވާދަ ކުރައްވަނީ ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، އަދި ކާށިދޫ ދާއިރާގެ މެންބަރު ޖާބިރުއެވެ.

އެމްޑީޕީ ޕީޖީ ގްރޫޕުން ވަނީ އެ ޕާޓީގެ ފަރާތުން ވާދަ ކުރައްވާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ސިއްރު ވޯޓެއް ނެގުމަށް ނިންމާފައެވެ.

Advertisement

މަޖިލީހުގެ ނާއިބްރައީސް އިންތިޚާބު ކުރުމަށް ހޯމަ ދުވަހުގެރޭ ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވަނީ، އެ މަގާމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އިސްތިއުފާ ދެއްވާފައިވާތީއެވެ.

Advertisement

ކޮމެންޓް