20 އޭޕްރީލު 2025

Advertisement

އަންނަ އަހަރުގެ ކަލަންޑަރު ވިއްކަން ފަށައިފި

03 ޑިސެމްބަރު 2023

އަންނަ އަހަރުގެ ކަލަންޑަރު ވިއްކަން އިސްލާމިކް މިނިސްޓްރީން ފަށައިފި އެވެ.

އެ މިނިސްޓްރީން ވަނީ ދެ ކަލަންޑަރެއް ނެރެފަ އެވެ. އެއީ ފާރުގައި އަޅުވާ ކަލަންޑަރާއި މޭޒުމަތީގައި ބަހައްޓާ ކަލަންޑަރެވެ. ފާރުގައި އަޅުވާ ކަލަންޑަރުގެ އަގަކީ 35ރ. އެވެ. އަދި މޭޒުމަތީ ކަލަންޑަރެއް ވިއްކަނީ 65ރ. އަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ކަލަންޑަރަށް އިސާ ބަލައިގަންނާނީ ބަނޑޭރި ޕޭ ނުވަތަ ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލް) ގެ ކާޑު މެޝިން މެދުވެރިކޮށް ކަމަށެވެ. ކަލަންޑަރު ލިބެން ހުންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރު ފަހު 2:00 އަށެވެ.

Advertisement

މިކަމާ ގުޅޭ އިތުރު މައުލޫމާތު 3020251 ނުވަތަ 3021400 އިން ހޯދޭނެ އެވެ.

Advertisement

ކޮމެންޓް