20 އޭޕްރީލު 2025

Advertisement

އެއްލާލާފައި އޮތްވާ ފެނުނު ކުއްޖާ ވިހެއި ކަމަށް ތުހުމަތު ކުރެވޭ މީހާ ފާހަގަވެއްޖެ

03 ޑިސެމްބަރު 2023

އދ. ދިގުރަށުން ވިހާފައި އެއްލާލާފައި އޮއްވާ މިއަދު ހެދުނު ފެނުނު ކުޑަކުއްޖާ ވިހެއިކަމަށް ތުހުމަތު ކުރެވޭ މީހާ ފާހަގަކުރެވިއްޖެއެވެ.

މިކަން ހިނގާދިޔަ ގޮތް ދިގުރަށު ކައުންސިލު މެންބަރ ސާރަތު އާދަމް ބައެއް މީޑިއާތަކަށް ވިދާޅުވީ އެކުއްޖާ ފެނުނުއިރު، އޮތީ ވަރަށް ރީއްޗަށް ކަމަށާއި ހާދިސާ ހިނގާފައިވާ ކަމަށް ބެލެވެނީ ރޭގެ ވަގުތެއްގައި ކަމަށެވެ.

ސާރަތު ކިޔައިދިން ގޮތުގައި އެ ކުއްޖާ ކޮތަޅަކަށް ލާފައި އެއްލާލާފައި އޮތްވާ އެންމެ ފުރަތަމަ ފެނިފައިވަނީ އޭނައަށެވެ. އޭނައަކީ ކައުންސިލްގެ ފަރާތުން ވޭސްޓު މެނޭޖްމަންޓާއި ހަވާލުވެގެން ހުރި މީހާއެވެ. އެހެންކަމުން އާދައިގެ މަތިން އޭނާ ދިޔައީ ކުނި މެނޭޖުކުރާ ސަރަހައްދަށް ކަމަށާއި އޮންނަ އުސޫލުގެ ތެރެއިން ރަށުތެރެއިން އަދި ގެސްޓު ހައުސްތަކުން ނަގައިގެން ގެންނަ ކުނީގެ ތެރޭގައި ހުންނަ ދަޅާއި ޕްލާސްޓިކު އަދި އެހެނިހެން ތަކެތި ކޮތަޅުތަކުން ނަގައި ވަކިކުރަމުން ދަނިކޮށް ގެސްޓު ހައުސްތަކުން ގެނެވުނު ކުނި އަޅާފައި ހުރި ކަޅު ކޮތަޅެއް ހުޅުވާލިއިރު އޭގެތެރޭގައި ފޫޅުވެސް ނުކަނޑާ އޮތް ކުއްޖާ ފެނުނު ކަމަށް އޭނާ ކިޔައިފިއެވެ.

Advertisement

"ގެސްޓު ހައުސްތަކުން ނަގާ ކަޅު ކޮތަޅު މި ބަހައްޓަނީ ޕިކަޕްތެރޭގައި. އެހެންޏާވެސް އޮންނަ އުސޫލުން ކޮތަޅުތައް ކަނޑަން ފެށީ. ކޮތަޅުގެ ތުނބު ކައިރިން ކަޑާލާނީ. ކަނޑާލީމާ މިފެނުނީ ހަމަ ބޮޑު ކުއްޖެއް." ސާރަތު ވިދާޅުވިއެވެ.

ސާރަތު ކިޔައިދިން ގޮތުގައި ކައުންސިލުން ގެންގުޅޭ ބިދޭސީން ހުޅުވާލި ކުނިކޮތަޅެއްގެ ތެރެއިން ކުއްޖަކު އެބައޮތް ކަމަށް ބުނުމުން އޭނައަށް ވެސް ފުރަތަމަ ގަބޫލެއް ނުކުރެވުނެވެ. އެވަގުތު އެތަނުގައި ހަރަކާތްތެރިވަމުން ދިޔަ ސާރަތު ބުނާގޮތުގައި އެއީ ދުވަސްފުރާ ވިހާފައި އޮތް ބޮޑު ފިރިހެން ކުއްޖެކެވެ. ފޫޅުވެސް އޮތީ ނުކަނޑައެވެ. އެ ކޮތަޅަކީ ގެސްޓު ހައުސަކުން ނެގި ކުނި ކޮތަޅެއް ކަމަށް އޭނާ ވަނީ ޔަޤީންކަން ދީފައެވެ.

"ގޭގެއިން ނަގާ ކުނި އަޅާނީ ޑަސްބިންތެރެޔަށް އެކަމަކު ގެސްޓު ހައުސްތަކުން ނަގާ ކުނި ހުންނާނީ ކަޅު ބޮޑު ކޮތަޅުގައި. އެހެންވީމަ އެކޮތަޅު ހުރިގޮތަށް ޕިކަޕަށް އަރުވާނީ. ކުއްޖާ ފެނުނީ އޭގެ ކަޅު ކޮތަޅެއްގެ ތެރެޔަށް ލާފައި އޮތްވާ." ސާރަތު ކިޔައިދިނެވެ.

މިކުއްޖާ ފެނުމާއެކު ކައުންސިލްގެ ރައީސް، އިބްރާހިމް އުސްމާން އަދި ފުލުހުންނަށް އަންގައިގެން އެކުއްޖާ އެރަށު ހެލްތު ސެންޓަރަށް ގެންދެވުނެވެ. ނަމަވެސް ކުއްޖާ ބެލި ޑޮކްޓަރުން އެ ކުއްޖާ ނިޔާވެފައިވާ ކަމަށް ވަނީ ނިންމާފައެވެ. ސަރާތު ވިދާޅުވީ، ކުއްޖާ މަރާލާފައި އޮތް ނަމަވެސް، ބޭރުފުށުން އެއްވެސް އަނިޔާއެއް ދީފައިވާ ކަމުގެ ނިޝާނެއް ފެނިފައެއް ނުވެއެވެ.

ކުއްޖާ މަރުވެފައިވަނީ ބެލެވޭ ގޮތުގައި ރޭގެ ވަގުތެއްގައި ކަމަށް ޑޮކްޓަރު ވަނީ ބުނެފައެވެ.

ސާރަތު އިތުރަށް ވިދާޅުވީ މި ކުއްޖާ ވިހެއި މީހާ މިހާރު ވަނީ ފާހަގަކުރެވިފައެވެ. އެހެންނަމަވެސް އެއީ ކާކު ކަމެއް ވިދާޅެއް ނުވެއެވެ.

އެރަށު ކައުންސިލްގެ ރައީސް ވިދާޅުވީ، އެރަށު މީހަކު އެފަދަ އަމަލެއް ހިންގާނެ ކަމަކަށް ނުބެލެވޭ ކަމަށެވެ. އަދި ކުއްޖާގެ ކަށުކަމާކެމީގެ މަސައްކަތް ފުލުހުންނާއި ގުޅިގެން ކުރިޔަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިމައްސަލައިގައި ފުލުހުން ވިދާޅުވީ، ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮތް ތުއްތު ކުއްޖަކު އެރަށު ކުނިގޮނޑުން ފެނިފައިވާކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދު 09:20 އެހާކަންހާއިރު ކަމަށެވެ.

މިމައްސަލައާ ގުޅިގެން ފުލުހުންގެ ޓީމެއް މިހާރު ދަނީ އެރަށުގައި ހަރަކާތްތެރިވަމުންނެވެ.

Advertisement

ކޮމެންޓް