20 އޭޕްރީލު 2025

Advertisement

މަޖިލީހުގެ ނައިބު ރައީސް ކަމަށް މެންބަރު ސަލީމް އިންތިހާބުކޮށްފި

03 ޑިސެމްބަރު 2023

މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމަށް، ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމު އިންތިޚާބު ކުރައްވައިފި އެވެ.

އާދިއްތަ ދުވަހުގެ ރޭ މަޖިލީހުގައި ބޭއްވި ޚާއްޞަ ޖަލްސާގައި، ހުސްވެފައިވާ މަޖިލީހުގެ ނާއިބު ރައީސް ކަމުގެ މަގާމަށް ސަލީމް އައްޔަނުކުރެއްވީ އެ ވޯޓުގައި ބައިވެރިވި 74 މެންބަރުންގެ ތެރެއިން 51 މެންބަރުންގެ ވޯޓުންނެވެ.

ސަލީމް އާ އެ ވޯޓުގައި ވާދަ ކުރެއްވީ ކާށިދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ޖާބިރު އެވެ. ޖާބިރަށް ލިބިވަޑައިގެންނެވީ 23 ވޯޓެވެ.

Advertisement

މެންބަރު ސަލީމު މަޖިލީހުގެ ނައިބު ރައީސަކަށް ހޮވިވަޑައިގެންފައިވާއިރު، އެމްޑީޕީގެ ޕީޖީގެ ފަރާތުން މަޖިލީހުގެ ނާއިބު ރައީސަކަށް ވާދަ ކުރައްވާނެ ބޭފުޅަކު ހޮވުމަށް ބޭއްވި ވޯޓު ވެސް ކާމިޔާބު ކުރެއްވީ ސަލީމެވެ.

އެ އިންތިޚާބުގައި ސަލީމް އަށް 26 ވޯޓު ލިބިވަޑައިގެންނެވި އިރު، ސަލީމް އާ ވާދަ ކުރެއްވި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އަށް 23 ވޯޓު، އަދި ކާށިދޫ ދާއިރާގެ މެންބަރު ޖާބިރަށް 4 ވޯޓު ލިބިވަޑައިގެންނެވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ކަމުގެ މަގާމް ހުސްވެފައިވަނީ އެ މަގާމުގައި ކުރިން ހުންނެވި ގަލޮޅު އުތުރު ދާއިރގެ މެންބަރު އީވާ އިސްތިއުފާ ދެއްވުމުންނެވެ. އީވާ އިސްތިއުފާދެއްވީ އޭނާގެ މައްޗަށް އިތުބާރު ނެތް ކަމުގެ ދެވަނަ މައްސަލައެއް މަޖިލީހަށް ހުށަހަޅައި، އެ މައްސަލައިގައި ޖަވާބުދާރީ ވުމަށް ބޭއްވި ޖަލްސާގައި އެވެ.

Advertisement

ކޮމެންޓް