20 އޭޕްރީލު 2025

Advertisement

ރާއްޖެއާއި ސައޫދީގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

03 ޑިސެމްބަރު 2023

ދިވެހިރާއްޖެއާއި ސައޫދީ އަރަބިއްޔާގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން، ސައޫދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޝްވަރާ ކުރައްވައިފިއެވެ.

އާދިއްތަ ދުވަހުގެ ހެނދުނު، ސައޫދީ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލިސްކުރާ ގޭގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި، ސައޫދީން ރާއްޖޭގެ ތަރައްގީއަށް ވެދެމުންދާ އެހީތެރިކަމަށްޓަކައި މަޖިލީހުގެ ރައީސް ވަނީ، ސައުދީ ސަރުކާރަށާއި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި، ރައްޔިތުންގެ މަޖިލީހާ ސައުދީގެ ގާނޫނު ހަދާ މަޖިލީހާ ދެމެދު އޮންނަ ގުޅުން ވަރުގަދަ ކުރުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ.

Advertisement

މީގެ އިތުރުން، ރާއްޖެއާ ސައޫދީއާ ދެމެދު އޮންނަ ދީނީ ގުޅުން ފާހަގަކުރައްވައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ސައޫދީ ސަފީރު މަޝްވަރާ ކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ސައޫދީ ސަފީރު ވަނީ، ރާއްޖެއާ ސައޫދީއާ ދެމެދު އޮންނަ ރަހުމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އިސްލާމީ އަދި ސަގާފީ އަޚުލާގާއި، ތާރީޚީ ގުޅުން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން، ތައުލީމީ ދާއިރާއިންނާއި ސިއްހީ ދާއިރާއިން ރާއްޖެއަށް އިތުރު އެހީތައް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ވެސް ސައޫދީ ސަފީރު ވިދާޅުވިއެވެ.

Advertisement

ކޮމެންޓް