20 އޭޕްރީލު 2025

Advertisement

ރައީސްގެ އެންމެ ބޮޑު އެއް ޕްރޮޖެކްޓަކީ އިންޑިއާ ސިފައިން ރާއްޖޭން ބޭލުން - ޝުޖާއު

03 ޑިސެމްބަރު 2023

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފަސް އަހަރުގެ އެންމެ އެއް ބޮޑު ޕްރޮޖެކްޓަކީ ރާއްޖޭގައި ގާއިމްވެފައި ތިބި އިންޑިއާ ސިފައިން ބޭލުން ކަމަށް މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް ޑރ. މުއިއްޒު ހަރު އަޑުން ވިދާޅުވީ، ޑިޕްލޮމެސީގެ ރީތި އުސޫލުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖޭން ބޭރު ކުރެވޭނެ ވާހަކަ ކަމަށެވެ.

"އެކަން ކުރައްވާނެ. ޝައްކު ނުކުރައްވާ! ރައީސް ޑރ. މުއިއްޒުގެ ފަސް އަހަރުގެ ވެރިކަމުގެ އެންމެ ބޮޑު އެއް ޕްރޮޖެކްޓަކީ މިއީ. ދިވެހިން އެދުނީ މިކަން ކޮށްދެއްވުމަށް. މިކަން އަވަށްޓެރި އިންޑިއާއިން ކުރާ ދުވަސްވެގެންދާނީ އިންޑިއާއަށް ދިވެހިން ކުރާ އިހްތިރާމް އިތުރު ހަރުފަތަކަށް ދާނެ ދުވަސް ގޮތުގައި.". ޝުޖާއު ވިދާޅުވިއެވެ.

Advertisement

ޝުޖާއު ވިދާޅުވީ، ރައީސް ޑރ. މުއިއްޒު މިގައުމުގެ ހަގީގީ މާނައިގައި މިނިވަންކުރާ ދުވަސް ގޮތުގައިވެސް ދިވެހީންގެ ރާއްޖެ ދިވެހީންނަށް ހޯއްދަވައި ދެއްވާނެކަން ކަށަވަރު ކަމަށެވެ.

ރައީސް ޑރ. މުއިއްޒު ވަނީ ސިފައިން އަނބުރާ ގެންދަން އިންޑިއާއިން އެއްބަސްވެފައިވާ ކަމަށް މިއަދު ވިދާޅުވެފައެވެ.

ރައީސް ޑރ. މުއިއްޒު ތުރުކީ އާއި އެކުވެރި އަރަބި އިމާާރާތް (ޔޫއޭއީ)އަށް ކުރެއްވި ދަތުރުފުޅަށް ފަހު ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލުމާއި ގުޅޭގޮތުން އިންޑިއާއާ ރަސްމީކޮށް ވާހަކަދެކެވި، ރަސްމީކޮށް އިންޑިއާ ސަރުކާރަށްވެސް ދެންނެވިފައިވާނެ ކަމަށެވެ.

މިގޮތުން ޓްރާންސިޝަން މުއްދަތުގައި އާއި އޭގެ ފަހުންވެސް އިންޑިއާ ސަފީރާއެކު 4،5 ބައްދަލުވުމެއް އެންމެ އިސް ބައްދަލުވުމެއް ބާއްވާފައިވާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި ރައީސް ކަމުގެ ހުވާކުރެއްވުމަށްފަހު ޖެހިގެން އައި ދުވަހު އިންޑިއާ ސަރުކާރަށް ދިވެހި ސަރުކާރުގެ ފަރާތުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ގެންދިއުމަށް ރަސްމީކޮށް އެދިވަޑައިގެންވި ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި އިންޑިއާ ސިފައިން ރާއްޖެެއިން ބޭލުމާއި ގުޅޭގޮތުން އިންޑިއާއިން އެއްބަސްވެފައިވާ ކަމަށް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް