20 އޭޕްރީލު 2025

Advertisement

ނަހުލާގެ ދަރިކަނބަލުންގެ ފަރާތުން ފަލަސްތީނަށް 10،000 ރުފިޔާ ހަދިޔާކޮށްފި

03 ޑިސެމްބަރު 2023

ކުރީގެ ޓްރާސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާގެ ދަރިކަނބަކުން ބަލްޤިޝް ރަނާ ޤާސިމްގެ ފަރާތުން ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް 10،000 ރުފިޔާ ހަދިޔާކޮށްފިއެވެ.

ބަލްޤިޝްގެ ފަރާތުން މިފައިސާ ފަލަސްތީނަށް ހަދިޔާކޮށްފައިވަނީ ބިދަބިން އިވެންޓްސްއާއި "ކަނބަލުން" ގުޅިގެން މިދިޔަ ހަފުތާ ބަންދުގައި، ފަލަސްތީނަށް އެހީވުމަށްޓަކައި ރަސްފަންނުގައި ކުރިއަށްގެން ގެންދިޔަ ހަރަކާތުގެ ތެރެއިންނެވެ.

ބަލްގިޝް ބުނީ، ފަލަސްތީން ރައްޔިތުންނަށް އެހީވުމަކީ އެއީ އަބަދުވެސް ކުރަން ބޭނުން ކަމެއް ކަމަށެވެ.

Advertisement

"ހަމަ ހަގީގަތުގައިވެސް އަޅުގަނޑު ވަރަށް ބޭނުންވާ ކަމެއް ފަލަސްތީންގެ އަހުންނާއި އުހުތުންނަށް އެހީވުން. އަޅުގަނޑުގެ މަންމަ އަބަދުވެސް ބުނާނެ އެއް ރުފިޔާ ލިބުނަސް ސަދަގާތްކުރައްޗޭ، އޭގެ ސަޅީސްގުނަ އެނބުރި އަންނާނޭ.". އެ ހަރަކާތުގައި ވާހަކަ ދައްކަމުން ބަލްގިޝް ބުންޏެވެ.

ފަލަސްތީން ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ ހަރަކާތްތަކެއް ހިންގަމުންނެވެ. އެގޮތުން މާލެއާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައިވެސް ފަންޑު ހޯދުމުގެ ގޮތުން އެކި ހަރަކާތްތައް ދަނީ ހިންގަމުންނެވެ.

ފަލަސްތީނުގައި ގިނަބަޔަކު ހާލުގައި ޖެހިފައިވާއިރު، ދިވެހިންގެ ފަރާތުން އަބަދުވެސް ފަލަސްތީނުގެ ރައްޔިތުންނަށް ބޮޑު އެހީއެއް ލިބޭކަން ފާހަގަކޮށްލެވެއެވެ.

Advertisement

ކޮމެންޓް