އައްޑޫގައި މާރާމާރީތައް އިތުރުވަމުން ދިއުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށާއި މިހާރުން މިހާރަށް އެކަންކަން ހައްލު ކުރުމަށް ފުލުހުންނާ ގުޅިގެން ކައުންސިލަށް ވެސް ކުރެވެން ހުރި ކަންކަން ކުރަމުން އަންމަ ކަމަށް ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު ވިދާޅުވެއްޖެ އެވެެ.
މިދިޔަ ހަފުތާ އިން ފެށިގެން ހިތަދޫގެ ދެ ގްރޫލެއްގެ މެދުގައި މާރާމާރީ ހިންގުން އިތުރުވެ، ރަށުގެ އާންމު އަމާންކަމަށް ބުރޫއަރާފައިވާތީ އެކަމާ ގުޅޭ ގޮތުން މިދިޔަ ހަފުތާގެ ފަހުކޮޅު ކައުންސިލުން ހިތަދޫ ޕޮލިސް ސްޓޭޝަންގެ ވެރިންނާ އެކީ ބައްދަލުވުމެއް ބާއްބައި މަޝްވަރާތަކެއް ވެސް ކުރި އެވެ.
ގިތަދޫގައި ހިންގަމުންދާ މާރާމާރިތަކުގައި ހުކުރު ދުވަހުގެ ރެ އާއި އިއްޔެ ވެސް ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްފައިވެ އެވެެ.
އެ މީހުންނަށް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ. އަދި މާރާމާރީއާ ގުޅިގެން ބަޔަކު ހައްޔަރު ވެސް ކޮށްފައިވެ އެވެ.