އަމީނީ މަގު ތާރު އެޅުމުގެ މަސައްކަތް މާދަމާ ފަށާތީ މާލެ ސަރަހައްދުގައި ބަހުގެ ހިދުމަތް ދެމުންގެންދާ ބައެއް ބަސް ރޫޓްތަކަށް އެމްޓީސީސީން ބަދަލު ގެނެސްފިއެެވެ.
އަމީނީމަގު ހެދުމުގެ އެންމެ ފަހު ސެގްމަންޓުގެ މަސައްކަތް ފަށަން ތައްޔާރުވާތީ ބައެއް މަގުތައް ވަނީ ބަންދު ކޮށްފައެވެ.
އެމްޓީސީސީން މިއަދު ބުނީ، އަމީނީ މަގު ތާރު އެޅުމުގެ މަސައްްކަތް ކުރިއަށް ގެންދިއުމަށްޓަކައި ފުޑްކޯޓު ސަރަަހައްދުގެ މަގު ބަންދު ކުރުމާއި ގުޅިގެން، އެ ކުންފުނިން ފޯރުކޮށްދޭ އާޓްރީއެލް ބަހުގެ ހިދުމަތުގައި ހިމެނޭ އަމީނީ ރޫޓްގެ ދަތުރުތައް އަމީނީ މަގުން ގޮސް ހަނދުވަރީ ހިނގުމުން އެޅުމަށް ފަހު މަޖީދީ މަގަށް އަޅައިގެން ދަތުރު ކުރާ ގޮތަށް ހަމަޖައްސާފައިވާ ކަަމަށެވެ.
އަދި އޯކިޑުމަގު ރޫޓުގެ ދަތުރުތައް މަޖީދީ މަގުން ގޮސް ވެސްޓްޕާކު ސްޓޮޕުން އަނބުރާލާ ގޮތަށް ރޫޓުތަކަށް ބަދަލު ގެނެވިފައިވާ ކަަމަށްވެސް ބުނެފައި ވެއެވެ.
މީގެ އިތުރުން އާރް1 އަދި އާރް3 ގެ ދަތުރުތަކުގެ ފަށާ ސްޕޮޓްކަމަށްވާ އާރް7ގެ ދަތުރުތަކުގެ މާލޭގެ ފަހު ސްޓޮޕްކަމުގައި މާފަނު ބަސް ޓާމިނަލް ހަމަޖެހިފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.
އަމީނީ މަގުގައި ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއޫ ޕްލޭނިންގ މިނިސްޓްރީން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އެކަމަކު، އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
އަމީނީމަގު އަލުން ހެދުމުގެ މަސައްކަތް މަސައްކަތް ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ވަމުންނެވެ.