މަސައްކަތެއް ކުރިއަށްގެންދާނީ މާލޭގެ ބައެއް ސަރަހައްދުތަކުން މިރޭ ފެން ކެނޑިދާނެ ކަމަށް އެމްޑަބްލިވްއެސްސީން ބުނެފިއެވެ.
އެ ކުންފުނިން މިއަދު ބުނީ، މާލޭގެ ފެނުގެ ނެޓްވޯކް އެޕްގްރޭޑިންގް މަސައްކަތްތަކެއް ކުރުމަށްޓަކައި، މިރޭ މާލޭގެ ބައެއް ސަރަަހައްދުތަކުން ފެނުގެ ހިދުމަތް މެދުކެނޑުކަމީ އެކަށީގެންވާ ކަމެއް ކަމަށެވެ.
އެ ކުންފުނިން ބުނެފައިވާގޮތުގައި ފެނުގެ ހިދުމަތް މެދުކެނޑޭނީ މިރޭ 11:00 އިން ފަތިހު 5:00 އަށެވެ.
އަދި މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް ކުންފުނީގެ ފަރާތުން މައާފަށް އެދޭ ކަމަށްވެސް ބުނެފައި ވެއެވެ.