20 އޭޕްރީލު 2025

Advertisement

ދާއިރާގެ ރައްޔިތުންނާއެކު ޝުޖާ ފޯމު ހުށަހަޅައިފި

10 ޑިސެމްބަރު 2023

ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު އަނެއްކާވެސް އެ ދާއިރާއަށް ވާދަކުރައްވަން ނިންމައި، ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރައްވަން ފޯމު ހުށަހަޅުއްވައިފިއެވެ.

މާލެސިޓީ ކައުންސިލުގެ ހުޅުމާލޭ ދާއިރާ ތަމްސީލު ކުރައްވަމުން ގެންދަވާ ޝުޖާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ޓިކެޓުގައި ވާދަކުރުމަށް އެ ޕާޓީގެ އޮފީހަށް މިރޭ ފޯމު ހުށަހަޅާފައިވާ ކަމަށެވެ.

"އަޅުގަނޑުގެ އިހުލާސްތެރި އެދުމަކީ ޕާޓިގެ ލޮބުވެތި މެމްބަރުންގެ ތާއީދު އަޅުގަނޑަށް ދެއްވުން" ޕްރޮގްރެސިލް ކޯލިޝަންގެ ނައިބް ރައިސް ޝުޖާ ވިދާޅުވިއެވެ.

Advertisement

އޭނާގެ ފޯމާއި ހަވާލުވެޑައިގެންނެވީ ރައީސުޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެޑްވައިޒަރު އަދި ޕީއެންސީގެ ޗެއާމަން ޢަބްދުއްރަޙީމް (އަދުރޭ) އެވެ.

ޝުޖާ ފޯމު ހުށަހަޅުއްވަން ދިޔައީ ގިނަ ސަޕޯޓަރުންތަކަކާއެކުގައިކަން ފާހަގަކޮށްލެވެއެވެ. އޭނާ ފޯމު ހުށަހެޅުއްވީ އިއްޔެވެ.

ޕީޕީއެމް/ޕީއެންސީން ބާއްވާ މަޖިލިސް ޕްރައިމަރީގައި ވާދަކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލީ ބުރާސްފަތި ދުވަހުއެވެ. އަދި ޕްރައިމަރީ ބާއްވަން ނިންމީ މިމަހު 23 ވަނަ ދުވަހެވެ.

Advertisement

ކޮމެންޓް