12 ޖުލައި 2025

Advertisement

މުންދު ޔޫއޭއީއަށް، އިރުތިޝާމް އިނގިރޭސިވިލާތުގެ ސަފީރު ކަމަށް އައްޔަން ކުރަން މަޖިލީހަށް

11 ޑިސެމްބަރު 2023

ބޭރުގެ ތިން ގައުމަށް ސަފީރުން އައްޔަން ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލިހަށް މިއަދު ފޮނުއްވި މައްސަލަ ގައުމީ ސަލާމަތާ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ.

ރައްޔިތުންގެ މަޖިލިހުގެ މި އހަރުގެ ތިން ވަނަ ދައުރުގެ 34 ވަނަ ޖަލްސާގައި ވަނީ މި ދެ މައްސަލަ ވެސް މަޖިލިހުގެ ކޮމިޓީ އަށް ފޮނުވައިފައެވެ.

ތިން ގައުމަކަށް ސަފީރުން އައްޔަން ކުރެއްވުމަށް ރައީސް މަޖިލީހަށް ފޮނުއްވި ނަން ތަކަށް ބަލާއިރު

Advertisement

މުހައްމަދު ހުސައިން ޝަރީފް (މުންދު) - އެކުވެރި އަރަބި އިމާރާތް(ޔޫއޭއީ)

ޑރ. އިރުތިޝާމް އާދަމް - އިނގިރޭސިވިލާތް

ޑރ. އަލީ ނަސީރު - އެކުވެރި ދައުލަތުގެ ޖަމިއްޔާއަށް ރާއްްޖެއިން ކަނޑައަޅާ ދާއިމީ މަންދޫބު ކަމަށް

ސަފީރުން ކަނޑައަޅަނީ ރައްޔިތުންގެ މަޖިލިހަށް ރައީސް ފޮނުއްވަވާ ނަންތައް ދިރާސާކޮށް ކޮމިޓީން މަޖިލިހުގެ ތަޅުމަށް ފޮނުވުމަށް މެމްބަރުންގެ މެދުގައި ނެގޭ ވޯޓަކުންނެވެ.

މުންދުއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި ސްރީލަންކާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނެވި ސަފީރެވެ. މީގެ ކުރިން ރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަގާމުވެސް އަދާކުރައްވާފައެވެ. މީގެއިތުރުން މުންދު ވަނީ މީގެކުރިން ރައީސް އޮފީހުގެ ބައެއް މަގާމުތައް ވެސް ފުރުއްވާފައެވެ.

އިރުތިޝާމް އާދަމްއަކީ މީގެ ކުރިން ރާއްޖޭގެ ސިއްހަތާ ބެހޭ ވަޒީރު ކަމާއި، ޒުވާނުންނާ ބެހޭ ވަޒީރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

Advertisement

ކޮމެންޓް