20 އޭޕްރީލު 2025

Advertisement

ހުރިހާ ޕާޓިއެއްގެ ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރަނީ

11 ޑިސެމްބަރު 2023

ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮތުގައި ދަފްތަރު ކުރުމަށް ސިޔާސީ ޕާޓީތަކުން ހުށަހަޅާ ފަރާތްތަކުގެ ފޯމު ދަފްތަރު ކުރުމުގެ ކުރިން ޝަކުވާއަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.

އީސީން ބުނީ ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮތުގައި ދަފްތަރު ކުރުމަށް ސިޔާސީ ޕާޓީތަކުން ހުށަހަޅާ ފަރާތް ތަކުގެ ފޯމު ދަފްތަރު ކުރުމުގެ ކުރިން، ކޮމިޝަނަށް ހުށަހެޅިފައިވާ ފޯމުތަކަކީ ސައްހަ ފޯމުކަމުގައި ކަށަވަރު ކުރުމަށްޓަކައި އެ ކޮމިޝަނުން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން، ފޯމުގައިވާ މައުލޫމާތުގެ ތެރެއިން އެފަރާތުގެ ފުރިހަމަ ނަމާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފަހު ތިން އަދަދާއި ދަފްތަރުކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ޕާޓީގެ ނަން ހިމެނޭގޮތަށް ޝަކުވާއަށް އާންމުކޮށް ކޮމިޝަނުގެ ވެބްސައިޓްގައި އިއުލާނު ކޮށްފައިވާ ކަަމަށެވެ.

އަދި ފޯމުގައި ދަފްތަރުވުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ މޯބައިލް ނަންބަރަށް މެސެޖެއް ފޮނުވިފައިވާނެ ކަމަށްވެސް ބުނެފައި ވެއެވެ.

Advertisement

އެހެންކަމުން ލިސްޓާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް ވާނަމަ، ޝަކުވާ ހުށައަޅާ ފޯމު މެދުވެރިކޮށް ޑިސެންބަރު 17 ވާ އާދީއްތަ ދުވަހުގެ މެންދުރު ފަހުގެ 3:000 ގެ ކުރިން އެ ކޮމިޝަންގެ މައި އިދާރާއަށް ވަޑައިގެން ފޯމު ހުށަހެޅުމަށް ނުވަތަ ކޮމިޝަންގެ އީމެއިލް އެޑްރެސް ކަމަށްވާ، [email protected] އަށް އީމެއިލް ކުރުމަށް ވަނީ އެދިފައެވެ.

މި އިޢުލާނާ އެކު ޝާއިއު ކުރެވިފައިވާ ލިސްޓުގައި ހިމެނިފައިވާ ފޯމުތަކުގެ އަދަދު ތަކަކީ:

- މޯލްޑިވްސް ޑެވެލޮޕްމެންޓު އެލަޔަންސް (އެމްޑީއޭ) 58 ފޯމު

- ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) 710 ފޯމު

- ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) 4770 ފޯމު

- އަދާލަތު ޕާޓީ (އޭ.ޕީ) 221 ފޯމު

- މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) 4 ފޯމު

މިހާރު ރަޖިސްޓަރީވެފައިވާ ޕާޓީގެ މައިލޫމާތު ((PPR space ID-Number Send to 1414އެސްއެމްއެސް މެދުވެރިކޮށް ބެލޭނެއެވެ.

Advertisement

ކޮމެންޓް