23 ނޮވެމްބަރު 2024

Advertisement

އެންއައިއީގެ އިސްވެރިޔަކަށް ޑރ. ފާތިމަތު ނިޝާން

12 ޑިސެމްބަރު 2023

ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (އެންއައިއީ)ގެ އިސްވެރިޔަކަށް ޑރ. ފާތިމަތު ނިޝާން އައްޔަންކޮށްފިއެވެ.

އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ތައުލީމާ ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީއު ވަނީ ޑރ. ފާތިމަތު ނިޝާން އެ މަގާމަށް އައްޔަން ކުރެވުނުކަން ރަސްމީކޮށް އިއުލާންކޮށްފައެވެ.

އިންކްލޫސިވް އެޑިޔުކޭޝަންގެ ދާއިރާ އިން ޕީއެޗްޑީ ހާސިލް ކުރައްވައިގެން ހުންނެވި ޑރ. ފާތިމަތު ނިޝާން އަކީ ތައުލީމާ ބެހޭ ވުޒާރާގެ ނައިބަކަށް ހުންނެވި ބޭފުޅާއެވެ. ނިޝާން، ކުރިން ހުންނެވީ ޑިޕާޓްމެންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަންގެ ޑިރެކްޓަ ޖެނެރަލްގެ މަގާމުގައެވެ.

Advertisement

މީގެކުރިން އެ ވުޒާރާ އާއި އިޔާސުއްދީން ސްކޫލުގެ އިތުރުން ގައުމީ ޔުނިވަސިޓީގައި ވެސް ނިޝާން ވަނީ މަސައްކަތް ކުރައްވައިފައެވެ.

އޭނާ ޕީއެޗްޑީ ހާސިލު ކުރެއްވީ ޔުނިވަސިޓީ އޮފް ބުރޫނާއީ ދާރުއްސަލާމްގައެވެ.

Advertisement

ކޮމެންޓް