ރާއްޖޭން ބަރަހަނާ ވެބްސައިޓްތަކަށް ނުވަދެވޭ ގޮތް ހަދައިފި
ރާއްޖޭން ބަރަހަނާ ވެބްސައިޓްތަކަށް ނުވަދެވޭ ގޮތް ސަރުކާރުން ހަދައިފިއެވެ.
ރާއްޖޭން ބަރަހަނާ ވެބްސައިޓްތަކަށް ނުވަދެވޭ ގޮތް ސަރުކާރުން މިހާރު ހަދާފައިވާއިރު ރާއްޖޭގެ އެއްވެސް ނެޓްވޯކެއް މެދުވެރިކޮށް އެ ފަދަ އެއްވެސް ވެބްސައިޓް އަކަށް ދެން ނުވަދެވޭނެއެވެ.
މިއީ މިފަަދައިން ރާއްޖޭގައި އަމަލުކުރަން ފެށި އެންމެ ފުރަތަމަ ފަހަރެވެ.
މިފަދަ ވެބްސައިޓްތައް ބްލޮކް ކޮށްފައިވާއިރު، މިކަމާއި ގުޅިގެން ސަރުކާރާއި އިންޓަނެޓުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ރަސްމީ ބަހެއް އަދި ލިބިފައެއް ނުވެއެވެ.