23 ނޮވެމްބަރު 2024

Advertisement

ރައީސް އަޒުލުކުރަން ހުށަހަޅާނަން: ޝިފާއު

18 ޑިސެމްބަރު 2023

ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުން އަޒުލުކުރަން ހުށަހަޅުއްވާނެ ކަމަށް އިހަވަންދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ މަޖިލިސް ޖަލްސާގައި އޭނަ ވިދާޅުވީ ރައްޔިތުންގެ މަޖިލިހުން މިހާރު އެންމެ އިސްކަމެއް ދޭންވީ މަސައްކަތަކީ ރައީސް މުއިއްޒު އަޒުލްކުރުން ކަމަށެވެ.

"އަޅުގަނޑު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ [އެމްޑީޕީ] ގެ ޕާލަމެންޓްރީ ގުރޫޕަށް އެ މައްސަލަ ހުށަހަޅާނަން." ޝިފާއު ވިދާޅުވި އެވެ.

Advertisement

ޝިފާއު ވިދާޅުވީ ސަރުކާރުން މިހާރުި ގާނޫނުއަސާސީއާ ހިލާފު ކަންތައްތަކެއް ކުރަމުންދާ އިރު، އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓުން ބިދޭސީންގެ ރެކޯޑްތައް ހިމެނޭ މައުލޫމާތު ނައްތާލާފައިވާ ކަމަށެވެ.

ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރެވޭނެ ގޮތްތައް ބަޔާންކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ މާއްދާތަކަށް އިސްލާހުތަކެއް ގެނައުމަށް މަޖިލީހުގެ އާންމު ކޮމިޓީން ފާސްކޮށްފައިވެ އެވެ. އާންމު ކޮމެޓީން ނިންމާފައި ވަނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނުމުގައި އެ ވަގުތަކު މެންބަރުންގެ ގޮތުގައި ދެމި ތިބި މެންބަރުންގެ އަދަދު އެއީ ޖުމްލަ އަދަދު ކަމަށް ބެލުމަށެވެ.

މި އިސްލާހު ފާސްވެއްޖެ ނަމަ، އެމްޑީޕީގައި މިހާރު އޮތް މެޖޯރިޓީން ރައީސާއި ނައިބު ރައީސް މަގާމުން ދުރުކުރެވިދާނެ އެވެ. އެމްޑީޕީ މަޖިލިސް މެންބަރުންގެ އަދަދަކީ 56 އެވެ.

Advertisement

ކޮމެންޓް