23 ނޮވެމްބަރު 2024

Advertisement

ވ.ތިނަދޫގައި ޕޮލިސް ޕޯސްޓެއް ހުޅުވައިފި

19 ޑިސެމްބަރު 2023

ވ. ތިނަދޫގައި ޕޮލިސް ޕޯސްޓެއް ހުޅުވައި ފުލުހުންގެ ހިދުމަތް ދޭން ފަށައިފިއެވެ.

ޕޮލިސް ޕޯސްޓު ހުޅުއްވައި ދެއްވީ އެކްޓިންގ ކޮމިޝަނަރ، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި އަތޮޅު ކައުންސިލު ރައީސް ޝުޖާއު އަލީ އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި، ލޯކަލް ޕޮލިސިންގ ކޮމާންޑުގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު، ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުން، ނޯތު ސެންޓްރަލް ޕޮލިސް ކޮމާންޑަރ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަރީދު އިސްމާއިލް، ވ. އަތޮޅު ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް އަންވަރު އަހްމަދު އަދި ފުލުހުންގެ ކޮމިޝަންޑު އޮފިސަރުންނާއި ތިނަދޫ ކައުންސިލް ރައީސް ޝިފާގު ހުސައިންގެ އިތުރުން ކައުންސިލް މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ލާމަރުކަޒީކޮށް ރައްޔިތުންނާ ގާތުން ފުލުހުންގެ ހިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ތިނަދޫގައި މި ހުޅުވި ޕޮލިސް ޕޯސްޓާއެކު އެ ރަށުގައި ގާއިމުވެތިބެ ރައްޔިތުންނާ ގުޅިގެން ފުލުހުންގެ ހިދުމަތް ދޭން މިހާރުވަނީ ފަށާފައެވެ.

Advertisement

ކޮމެންޓް