ސީއެޗްއެސްސީ އަށް ޕްރިންސިޕަލަކު ހޯދަނީ
މަތީ ސާނަވީ އަށް ކިޔަވައިދޭ ސަރުކާރުގެ އެންމެ ބޮޑު ސްކޫލް ސީއެޗްއެސްސީ އަށް ޕްރިންސިލަޕަކު ހޯދަން އިއުލާންކޮށްފި އެވެ.
އެ މަގާމަށް މީހަކު ހޯދަން އިއުލާންކޮށްފައި މި ވަނީ އެތަނުގެ ޕްރިންސިލަކަށް ހުންނެވި އައިޝަތު ސޮފޫރާ މިދިޔަ ހަފުތާގެ ތެރޭގައި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަންކުރުމާ ގުޅިގެން ޕްރިންސިޕަލްގެ މަގާމު ހުސްވުމުންނެވެ.
އެޑިއުކޭޝަނުން ވަނީ ޕްރިންސިޕަލްގެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.
ކުރިން މާލޭގައި ހިންގަމުން އައި ސީއެޗްއެސްސީ މިހާރު ހިންގަމުން އަންނަނީ ހުޅުމާލޭގަ އެެވެ.