24 ނޮވެމްބަރު 2024

Advertisement

ހުޅުމާލެ އިން ފައިލޭރިއާ ޖެހިފައިވާ މީހަކު ފެނިއްޖެ

23 ޑިސެމްބަރު 2023

ރާއްޖެއިން ނައްތާލާފައިވާ ފައިލޭރިއާ ޖެހިފައިވާ ބިދޭސީއަކު ހުޅުމާލެއިން ފެނިއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އިއްޔެ ހުޅުމާލޭގައި ކުރިއަށްގެންދިޔަ މައިގްރެންޓް ފެޔާގައި ބިދޭސީ 13 މަސައްކަތްތެރިން ޓެސްޓުކުރިއިރު އޭގެ ތެރެއިން އެކަކު ފައިލޭރިއާ އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. މިއާއެކު ރާއްޖެއިން މި ބައްޔަށް ޕޮސިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 26 އަށް އަރާފައެވެ. މިހާތަނަށް ރާއްޖެއިން މި ބައްޔަަށް އެއްވެސް ދިވެއްސަކު އަދި ޕޮޒިޓިވްވެފައެއް ނުވެއެވެ.

ރާއްޖެއިން ނައްތާލާފައިވާ ފައިލޭރިއާ ކޭސްތަކެއް މިފަހުން ފުރަތަމަ ފެނުނީ ހދ. ކުޅުދުއްފުށި ސިޓީ އިންނެވެ. މިހާތަނަށް އެ ރަށުން އެކަނިވެސް ފައިލޭރިއާ ޖެހިފައިވާ 25 މީހަކު ފެނިފައިވެއެވެ.

Advertisement

މި ބައްޔަކީ 1968 ވަނަ އަހަރުން ފެށިގެން މިބަލި ކޮންޓްރޯލް ކުރުމަށް ފެއްޓެވި މަސައްކަތުން 2007 ވަނަ އަހަރު ރާއްޖެއިން އެއްކޮން ނައްތާލެވިފައިވާ ބައްޔެކެވެ.

Advertisement

ކޮމެންޓް