ރައީސް ޑރ. މުއިއްޒު ކުރީގެ ރައީސް މައުމޫން އާއި ބައްދަލު ކުރައްވައިފި
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާއި މިއަދު ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލު ކުރެއްވުން މިއަދު މެންދުރުފަހު ކުރިއަށް ދިޔައީ ރައީސް އޮފީހުގަ އެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި މި ބައްދަލުވުމުގައި ދެ ބޭފުޅުން މަޝްވަރާ ކުރެއްވީ ޤައުމުގެ އިޖުތިމާޢީ އަދި ސިޔާސީ ކަންކަމާ ގުޅޭގޮތުން ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު މިދިޔަ ހަފްތާގެ ތެރޭގައި ވަނީ ރާއްޖޭގެ ބައެއް ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި ވެސް ބައްދަލުކުރައްވާފަ އެވެ.
އެގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް މުހައްމަދު ނާޒިމާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަަޔަންސް (އެމްޑީއޭ)ގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދުގެ އިތުރުން ދަ ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފްއާ ރައީސް ޑރ. މުއިއްޒު ވަނީ ބައްދަލުކުރައްވާފަ އެވެ.