24 ނޮވެމްބަރު 2024

Advertisement

ރައީސް ޑރ. މުއިއްޒު ކުރީގެ ރައީސް ޑރ. ވަހީދާ ބައްދަލު ކުރައްވައިފި

26 ޑިސެމްބަރު 2023
ރައީސް ޑރ. މުއިއްޒު، ޑރ. ވަހީދު އާ ބައްދަލު ކުރައްވަނީ | ފޮޓޯ: ރައީސް އޮފީސް

ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަންއާ ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލު ކުރެއްވުން އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ބައްދަލުވުމުގައި ސިޔާސީ އަދި އިޖުތިމާޢީ ކަންކަމާ ގުޅޭގޮތުންނާއި ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކާއި ޤައުމާއި ރައްޔިތުންގެ ލާބައަށް ކުރެވޭ އެހެން މަސައްކަތްތަކާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

ރައީސް ޑރ. މުއިއްޒު އިއްޔެ ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި ވެސް ބައްދަލުކުރައްވާފަ އެވެ. އަދި ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު މިދިޔަ ހަފްތާގެ ތެރޭގައި ވަނީ ރާއްޖޭގެ ބައެއް ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި ވެސް ބައްދަލުކުރައްވާފަ އެވެ.

Advertisement

އެގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް މުހައްމަދު ނާޒިމާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަަޔަންސް (އެމްޑީއޭ)ގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދުގެ އިތުރުން ދަ ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފްއާ ރައީސް ޑރ. މުއިއްޒު ވަނީ ބައްދަލުކުރައްވާފަ އެވެ.

Advertisement

ކޮމެންޓް