24 ނޮވެމްބަރު 2024

Advertisement

ފާރެއް ވެއްޓި ދެ މީހަކަށް އަނިޔާވެއްޖެ

29 ޑިސެމްބަރު 2023
އަނިޔާވި އަންހެން މީހާއަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދެނީ | ފޮޓޯ: އެމްއެންޑީއެފް

ފާރެއްވެއްޓި ދަތުރުގޮސް އުޅުނު ބަޔަކަށް އަނިޔާވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، ޅ. ދިއްފުށިމާދޫ ކިޔާ ފަޅު ރަށަށް މިއަދު ދަތުރު ގޮސް އުޅުނު ބައެއްގެ ގައިމައްޗަށް އެރަށުގައި ހުރި ފާރެއްވެއްޓި 57 އަހަރުގެ އަންހެނަކަށާއި 27 އަހަރުގެ ފިރިހެނަކަށް އަނިޔާވެފައިވާކަމަށެވެ.

އެމްއެންޑީއެފުން ވިދާޅުވީ، މި ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިއަދު ފަތިހު 05:19 ހާއިރު ކަމަށެވެ. އަދި މި ހާދިސާގެ ރިޕޯޓު ލިބުމާއެކު ވަގުތުން ސިފައިން ހަރަކާތްތެރިވެފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ.

Advertisement

މީގެ އިތުރުން އެމްއެންޑީއެފުން ވިދާޅުވީ، މި ހާދިސާގައި އަނިޔާވި ދެ މީހުންނަށް އަވަސް ފަރުވާދިނުމަށް ނައިފަރުގައި ހުންނަ ޅ. އަތޮޅު ހޮސްޕިޓަލަށް ކޯސްޓްގާޑުގެ އެހީގައި ގެންގޮސްފައިވާ ކަމަށެވެ.

މިހާދިސާގައި އަނިޔާވި ދެ މީހުންނަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް މިހާތަނަށް ނުލިބެ އެވެ.

Advertisement

ކޮމެންޓް