08 ނޮވެމްބަރު 2026

Advertisement

މާލެ އިން 48 ބިން ވިއްކަން ހުޅުވާލަނީ

05 ނޮވެމްބަރު 2026

"ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކަން އަންނަ ހަފުތާގައި ހުޅުވައިލަން ނިންމައިފި އެވެ.

ހައުސިން މިނިސްޓްރީން މިއަދު ބުނީ އޭގެ ތެރޭގައި މާލޭގެ އަވަށްތަކުން 48 ބިމެއް ހިމެނޭ ކަމަށެވެ. އެއީ މާފަންނުން 21 ބިމަކާއި މައްޗަންގޮޅި އިން 10 ބިމަކާއި ގަލޮޅުން 7 ބިމަކާއި ހެންވޭރުން 9 ބިމެއްގެ އިތުރުން ވިލިގިލިން ބިމެއް ކަމަށެވެ.

ދެހާސް އެގާރައިގައި ހިންގި "ވެށިފަހި މާލެ ޕްރޮގްރާމު" ގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާ ބެހޭ އުސޫލު އެކުލަވާލައި އާންމުކުރީ ޖޫން 28، 2021 އެވެ.

Advertisement

ހައުސިން މިނިސްޓްރީން ބުނީ ވިއްކަން ނިންމި ބިންތައް ގަންނަން ޝައުގުވެރިވާ، އެބިންތައް ހިމެނޭ ގޯތިތަކުގެ ބެހެނެވެރިންނަށާއި އެ ބިންތަކާ އިންވެގެންވާ ގޯތިތަކުގެ ވެރިފަރާތްތަކަށް މި މަހުގެ 8 ގައި ފުރުސަތު ހުޅުވައިލާނެ ކަމަށެވެ.

Advertisement

ކޮމެންޓް