08 ނޮވެމްބަރު 2026

Advertisement

ޅައިމަގަށް ނަގޫ ރޯޅިއެއް އަރައި ބޮޑެތިގެއްލުންތަކެއްވެއްޖެ

07 ނޮވެމްބަރު 2026

ށ. ޅައިމަގަށް ނަގޫރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

ނަގޫ ރޯޅި އެރީ މިއަދު ހެނދުނު ހަތެއް ޖަހާކަށް ހާއިރު އެ ރަށު އުތުރު ފަރާތުންނެވެ.

އެ ރަށު ކައުންސިލުން ބުނީ މިހާރު ކުރަމުން އަންނަ ވިއްސާރައިގެ ތެރޭގައި ރަށަށް ނަގޫ ރޯޅިއެއް އެރީ ހެނދުނު 7:00 އެހާކަށްހާ އިރު ކަމަށާއި އެ ހާދިސާގައި އެކަކަށް އަނިޔާވެ ގެތަކަކަށް ގެއްލުންތައް ލިބިފައިވާ ކަމަށެވެ.

Advertisement

ނޭޝަނަލް ޑިޒާސްޓަ މެނޭޖްމެންޓް އޮތޯރިޓީން ބުނީ ޅައިމަގަށް ނަގޫރޯޅިއެއް އަރައި 4 ވަރަކަށް ގޭގެ ފުރާޅު ހަލާކުވެ ބައެއް ގުދަންތަކަށް ބޮޑެތި ގެއްލުންތަކެއްވެފައިވާ ކަމަށެވެ. އަދި އެ ހާދިސާގައި ވިއްސައިގެން ދިޔަ ޓިނުގަނޑަކުން ޖެހި މީހެއްގެ ބޯ ފަޅައިގެން ގޮސް ފަރުވާދެމުން އަންނަ އިރު، ނަގޫރޯޅީގެ ސަބަބުން ލިބުނު ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ކައުންސިލާ ގުޅިގެން ކުރަމުން ކަމަށް ވެސް އެންޑީއެމްއޭ އިން ބުންޏެވެ.

Advertisement

ކޮމެންޓް