01 ނޮވެމްބަރު 2026

Advertisement

ޤައުމީ ޝޫޓިން މުބާރާތް މިމަހު ފަށަނީ

01 ނޮވެމްބަރު 2026

ނެޝަނަލް ޝޫޓިން ސްޕޯޓް އެސޯސިއޭޝަން ޗެމްޕިއަންޝިޕް 2026 ފަށާ ދުވަސް ފަސްކޮށް މިމަހުގެ 7 ވަނަ ދުވަހު ފަށަން ހަމަޖެހިއްޖެއެވެ.

މިމުބާރާތް ފެށުމަށް ކުރިން ތާވަލުކޮށްފައިވަނީ ނޮވެމްބަރުމަހުގެ ފުރަތަމަ ދުވަހުއެވެ. އެހެންނަމަވެސް މުބާރާތް ފެށޭ ދުވަސްވަރާ، ނަސްރުގެ ދުވަހާ ދިމާވާތީވެ މުބާރާތް 7 ވަނަ ދުވަހު ފަށާގޮތަށް ވަނީ ނިންމައިފައެވެ.

ފުރަތަމަ ފަހަރަށް ޕެރަލިމްޕިކް ކެޓަގަރީ މިއަހަރު މުބާރާތުގައި ހިމަނާފައިވާއިރު، މުބާރާތުގައި ހިމެނޭ އިތުރު ކެޓަގަރީތަކުގެ ތެރޭގައި ޕްރޮފެޝަނަލް ކެޓަގަރީ، ޖޫނިއާ ކެޓަގަރީ، ޔޫތު ކެޓަގަރީ، ޕެރަލިމްޕިކް ކެޓަގަރީ އަދި އެމެޗުއަރ ކެޓަގަރީ ހިމެނެއެވެ. އެއާ ރައިފަލް އަދި އެއާ ޕިސްޓަލް ހިމެނޭހެން މުބާރާތް ކުރިއަށްދާއިރު، ކޮންމެ އުމުރުފުރާއަކުން އަންހެން، ފިރިހެން އަދި މިކްސްޑް ޓީމްގެ އިތުރުން އަންހެން އަދި ފިރިހެން ޓީމް އިވެންޓްތައް ކުރިއަށްދާނެއެވެ.

Advertisement

ނެޝަނަލް ޝޫޓިން ސްޕޯޓް އެސޯސިއޭޝަން ޗެމްޕިއަންޝިޕް 2026 ކުރިއަށްދާނީ ހުޅުމާލޭ ސްޕޯޓްސް ރޭންޖްގައެވެ. އަދި މުބާރާތުގެ ބައިވެރިން ތަމްރީނުކުރުން މާލޭއާއި ހުޅުމާލޭ ސްޕޯޓްސް ރޭންޖްގައި ދަނީ ކުރިއަށެވެ.

މިފަދަ މުބާރާތެއް ޝޫޓިން އެސޯސިއޭޝަނުން އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމުގެ ބޭނުމަކީ ރާއްޖޭގައި ޝޫޓިން ކުޅިވަރު ކުރިއަރުވާ ޒުވާން އެތުލީޓުން ތަމްރީނުކޮށް ކުރިއެރުވުމެވެ. އަދި އޮލިމްޕިކްގައި ހިމެނޭ މި ކުޅިވަރުން އެތުލީޓުން އުފައްދާ ޤައުމީ ފެންވަރުގައްޔާއި ބައިނަލްއަޤްވާމީ ފެންވަރުގައި ވާދަކުރެވޭނެ ފުރުސަތުތައް ހޯދައިދީ ޤައުމަށް ރީތި ނަމާއި ފަޚުރު ހޯދައިދޭނެ ޝަރަފުވެރި ޤައުމީ ޝޫޓިން ޓީމެއް ބިނާކުރުންކަމަށް ޝޫޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް