01 ނޮވެމްބަރު 2026

Advertisement

ބާސެލޯނާއަށް ފަސޭހަ މޮޅެއް

01 ނޮވެމްބަރު 2026

ސްޕެނިޝް ލަލީގާގައި ރޭ އަލާވޭޒް އާއި ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗު ފަސޭހަކަމާއެކު 6-1 ގެ ނަތީޖާއަކުން ބާސެލޯނާ މޮޅުވެއްޖެއެވެ.

ނިމިގެންދިޔަ ހަފްތާގައި ރެއާލް މެޑްރިޑް އަތުން ބަލިވި މެޗަށްފަހު ލީގުގައި ބާސެލޯނާއިން ކުޅުނު ފުރަތަމަ މެޗުގެ 8 ވަނަ މިނިޓުގައި ރަފީނިއާ ވަނީ ލަނޑެއް ޖަހާ އަލާވޭޒްގެ ގޯލު ހުޅުވާލާފައެވެ.

ބާސެލޯނާގެ ކޭމްޕް ނޯ ސްޕޮޓިފައި ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާއިން ހަތަރު ލަނޑު ޖަހާފައިވާއިރު ދެވަނަ ލަނޑަކީ މެޗުގެ 23 ވަނަ މިނިޓުގައި ފާމިން ލޮޕޭޒް ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.

Advertisement

މެޗުގެ 41 ވަނަ މިނިޓުގައި ރަފީނިއާ އިތުރު ލަނޑެއް ޖަހާފައިވާއިރު މިއީ މި ސީޒަނުގައި އޭނާ ލަލީގާގައި ޖެހި 15 ވަނަ ލަނޑެވެ.

މި މެޗުގައި ބާސެލޯނާއިން ޖެހި ހަތަރުވަނަ ލަނޑު މެޗުގެ ފުރަތަމަ ހާފުގެ އިންޖަރީ ވަގުތުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ނިމިގެންދިޔަ ހަފްތާގައި ބޭއްވި ބެލޮންޑިއޯ އެވޯޑްގައި ތިންވަނަ ހޯދާފައިވާ ލަމީން ޔަމާލްއެވެ.

ބާސެލޯނާއިން ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވާ މި މެޗުގައި އެ ޓީމުން ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

އަދި މެޗުގެ 64 ވަނަ މިނިޓުގައި ލަމީން ޔަމާލް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 5-0 އަށް ބަދަލުކޮށްފައެވެ. މިއީ ލަމީން ޔަމާލް މި ސީޒަނުގައި ޖެހި 10 ވަނަ ލަނޑެވެ.

ބާސެލޯނާއިން މި މެޗުގެ ޖެހި ހަވަނަ ލަނޑު މެޗުގެ 81 ވަނަ މިނިޓުގައި އެންތޮނީ ގޯޑަން ކާމިޔާބުކޮށްދީފައިވާއިރު އަލާވޭޒްއިން ލަނޑެއް ޖެހުމަށް ކުރަމުން އައި މަސައްކަތަށް ނިމުމެއް އައިސްފައިވަނީ މެޗުގެ 84 ވަނަ މިނިޓުގައި ޑިއާޒް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މި ނަތީޖާ އާއިއެކު ބާސެލޯނާއަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 11 މެޗުން ލިބިފައިވާ 30 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ މަގާމް އަލުން ލިބިފައެވެ. ދެވަނައިގައި އޮތް އެތްލެޓިކޯ މެޑްރިޑަށް 28 ޕޮއިންޓް ލިބިފައިވާއިރު ވާދަވެރި ރެއާލް މެޑްރިޑަށް ލިބިފައިވަނީ 24 ޕޮއިންޓެވެ.  

Advertisement

ކޮމެންޓް