24 ނޮވެމްބަރު 2024

Advertisement

އެމްޓީސީސީއިން ފަލަސްތީނަށް ދޮޅުލައްކަ ރުފިޔާ ހަދިޔާކޮށްފި

ޕީއެސްއެމްއިން ކުރިއަށްގެންދާ "ފަލަސްޠީނާއެކު ދިވެހީން" ޓެލެތޯނަށް އެމްޓީސީސީގެ ފަރާތުން ދޮޅުލައްކަ ރުފިޔާ ހަދިޔާކޮށްފިއެވެ.

މިއަދު ފެށި މި ޓެލެތޯނަށް އެމްޓީސީސީއިން ހަދިޔާކުރި 150,000 ރުފިޔާއަކީ އެ ކުންފުނީގެ މެނޭޖްމަންޓުގެ ފަރާތުން ހަދިޔާކުރި ފައިސާއެވެ.

މި އެހީގެ ރަމްޒީ ޗެކް, ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރު ޒީނާ ޒާހިރާ ހަވާލުކޮށްދެއްވީ އެމްޓީސީސީގެ ސީއީއޯ ޒިޔާދެވެ.

Advertisement

އެމްޓީސީސީން މި ޓެލެތޯންއަށް ފައިސާ ހަދިޔާކޮށްފައިވާއިރު ސަރުކާރުގެ އެހެން ކުންފުނިތަކުން ވެސް ވަނީ އެކި އަަދަދުތަކުން ޓެލެތޯންއަށް ފައިސާ ހަދިޔާކޮށްފައެވެ.

ފަލަސްތީނުގައި ހާލުޖެހިފައިވާ ރައްޔިތުންނަށް އެހީވުމަށްޓަކައި މިއަދު ފެށި މި ޓެލެތޯން ކުރިއަށް ދާނީ މިރޭ 00:00 އާ ހަމައަށެވެ.

މި ޓެލެތޯނުގައި މާލެ ސިޓީގެ އެކި ސަރަހައްދުގައި 13 ފަންޑު ފޮށި ބަހައްޓާފައިވާއިރު އޮންލައިންކޮށް ވެސް ފައިސާ ޖަމާކުރެވޭނެއެވެ. އެގޮތުން އެހީވާން ބޭނުންވާ ފަރާތްތަކުން ދިވެހި ފައިސާއިންނަމަ ޖަމާކުރާނީ 7730000655865 އަދި ޑޮލަރުން ނަމަ، 7730000655866 އެކައުންޓަށެވެ.

Advertisement

ކޮމެންޓް