20 މޭ 2025

Advertisement

ޕެލަސްއިން އެފްއޭ ކަޕް ކާމިޔާބު ކޮށްފި

އިނގިރޭސި އެފްއޭ ކަޕްގެ ފައިނަލްގައި މެންޗެސްޓަރ ސިޓީ ބަލިކޮށް، ކްރިސްޓަލް ޕެލަސް އިން މުބާރާތް ކާމިޔާބުކޮށްފި އެވެ.

އިނގިރޭސި ރަސްމީ ސްޓޭޑިއަމް ވެމްބްލީގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު އެފްއޭ ކަޕްގެ ފައިނަލްގައި ޕެލަސް އިން ވަނީ 1-0 އިން ސިޓީގެ މައްޗަށް ކުރި ހޯދައިފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޕެލަސް އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. މެޗުގެ ނަތީޖާ ހަމަހަމަ ކުރާނެ ފުރުސަތު ސިޓީ އަށް ލިބި ބޭކާރުވެފައިވާއިރު، ޕެލަސް އަށް ވަނީ ލީޑު ފުޅާ ކުރާނެ ފުރުސަތު ވެސް ލިބިފަ އެވެ.

Advertisement

މެޗު ފަށައިގެން 16 ވަނަ މިނެޓުގައި ޕެލަސް އިން ވަނީ ސިޓީ ކޮޅަށް ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ އެބްރެޗީ އެޒޭ އެވެ.

މިއީ ޕެލަސް އިން އެ ޓީމުގެ ތާރީޚުގައި ވެސް ކާމިޔާބު ކުރި ފުރަތަމަ ތައްޓެވެ. މީގެ ކުރިން ޕެލަސް އިން ވަނީ ދެ ފަހަރެއްގެ މަތިން އެފްއޭ ކަޕްގެ ފައިނަލްގައި ކުޅެފަ އެވެ. އެ ދެ ފަހަރު ވެސް އެ ޓީމަށް ވަނީ ނާކާމިޔާބުވެފަ އެވެ.

ސިޓީގެ މި ނާކާމިޔާބާ އެކު އެ ޓީމުން މި ސީޒަން ނިންމާލަން ޖެހުނީ އެއްވެސް ތައްޓެއް ކާމިޔާބު ނުކުރެވި އެވެ. ސިޓީގެ ކޯޗުކަމާ އެންމެ ފުރަތަމަ ޕެޕް ގާޑިއޯލާ ހަވާލުވި 2016/2017 ވަނަ ސީޒަންގައި ވެސް އެ ޓީމަށް އެއްވެސް ތައްޓެއް ކާމިޔާބު ނުކުރެވެ އެވެ. މިއީ އޭގެ ފަހުން ސިޓީން ހުސް އަތާ ސީޒަން ނިންމާލަން ޖެހުނު ފުރަތަމަ ފަހަރެވެ.

Advertisement

ކޮމެންޓް