22 ނޮވެމްބަރު 2024

Advertisement

ބަކާގެ ހާލަތު ގޯސްވެ އައިސީޔޫގައި

ހައްޖުގެ އަޅުކަމަށްފަހު އެނބުރި ރާއްޖެ އައިފަހުން ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ މިޑްފީލްޑަރު މުޙައްމަދު އާރިފް (ބަކާ) ގެ ހާލު ގޯސްވެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފިއެވެ.

އުމުރުން 38 އަހަރުގެ ބަކާގެ ހާލަތު ގޯސްވީ އެނބުރި ރާއްޖެ އައިފަހުން ހުންގަދަވެ ލޭގެ އިންފެކްޝަނެއް އުފެދުމުގެ ސަބަބުންނެވެ. އަދި މިހާރު ހާލަތު ގޯސްވުމުގެ ސަބަބުން އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ދަނީ ފަރުވާދެމުންނެވެ.

ގައުމީ ޓީމަށް ވެސް ގިނަ ދުވަސްތަކެއް ވަންދެން ކުޅުނު ބަކާ އަކީ 2008 ވަނަ އަހަރު ރާއްޖެއިން ސާފް ޗެމްޕިއަންޝިޕްގެ ތަށި ނެގި ޓީމުގައި ވެސް ހިމެނުނު ކުޅުންތެރިއެކެވެ. އޭނަ ވީބީ އައްޑޫ އެފްސީގެ އިތުރުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ނިއުރޭޑިއަންޓަށް ވެސް ކުފެފައިވެ އެވެ.

Advertisement

Advertisement

ކޮމެންޓް