ހުޅުމާލެ ސަހަރާގައި މީހުން ވަޅުލުން މެދުކަނޑާލައިފި
ހުޅުމާލޭ ސަހަރާގައި މީހުން ވަޅުލުން ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.
މާލެ ސިޓީ ކައުންސިލުން ބުނި ގޮތުގައި، ހުޅުމާލެ ސަހަރާގައި މީހުން ވަޅުލުން މެދުކަނޑާލީ ކަށްވަޅު ކޮނުމުން ހަ އިންޗިއާއި ހަތް އިންޗިއާއި ދެމެދަށް ފެންއަރާތީ ކަމަށެވެ.
އެހެންވެ މިއަދުން ފެށިގެން މާލެ ސަރަހައްދުގައި މަރުވާ މީހުން ވަޅުލާނީ މާލޭ އާސާހަރާގައި ކަމަށް މާލެ ސިޓީ ކައުންސިލުން މައުލޫމާތުދެ އެވެ.