29 ނޮވެމްބަރު 2026

Advertisement

ނޮވެމްބަރު 3 ގެ ބަތަލު ބިލާލް އާދަމް މަނިކު އަވަހާރަވެއްޖެ

28 ނޮވެމްބަރު 2026

ގައުމީ ދިފާއީ ބާރުގައި 41 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ ކާނަލް (ރިޓަޔަޑް) އާދަމް އިބްރާހިމް މަނިކު (ބިލާލް އާދަމް މަނިކު) އަވަހާރަވެއްޖެ އެވެ.

މަރްޙޫމް އާދަމް އިބްރާހިމް މަނިކު އަވަހާރަވީ އިއްޔެގެ ވަގުތެއްގައެވެ. އަވަހާރަވީ އިރު އުމުރުފުޅަކީ 79 އަހަރެވެ.
މަރްޙޫމް އާދަމް އިބްރާހިމް މަނިކަކީ 1988 ނޮވެންބަރު 3 ގެ އުދުވާނީ ހަމަލާގައި ގައުމުގެ ދިފާއުގައި ހިތްވަރުގަދަ ޖިހާދެއް ކުރެއްވި ގައުމީ ބަތޮލެކެވެ. އެކަމުގެ އަގުވަޒަންކޮށް އޭނާއަށް ގިނަ މެޑަލްތަކެއް ވެސް ސަރުކާރުން ދީފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މަރުހޫމްގެ އާއިލާއަށާއި ދިވެހި ސިފައިންގެ ލަޝްކަރަށް މި ހިތާމައިގައި ބައިވެރިވެވަޑައިގެން ހަމްދަރުދީ ފޮނުއްވާފައެވެ. 

Advertisement

Advertisement

ކޮމެންޓް