29 ނޮވެމްބަރު 2026

Advertisement

މުލިއާގެ ޗީފް އޮފް ސްޓާރފް އިގްބާލް އާދަމް އެ މަގާމުން ވަކިކުރައްވައިފި

28 ނޮވެމްބަރު 2026

މުލީއާގެ ޗީފް އޮފް ސްޓާފްގެ މަގާމްގައި ހުންނެވި އިގްބާލް އާދަމް އެ މަގާމުން މިއަދު ވަކިކުރައްވައިފިއެވެ.

އިޤްބާލް ވަނީ އެކަން ކަށަވަރުކޮށް ދެއްވައިފައެވެ. ނަމަވެސް ވަކިކުރެއްވި ސަބަބެއް ވިދާޅެއް ނުވެއެވެ.

އިޤްބާލަކީ ހއ. ވަށަފަރަށް ނިސްބަތްވެވަޑައިގަންނަވާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އާއިލީ ބޭފުޅެކެވެ.

Advertisement

މީގެ ކުރީން ރައީސް އޮފީހުގެ މިނިސްޓަރެއްގެ މަޤާމުގައި ހުންނެވި ރައީސްގެ އާއިލީ ބޭފުޅެއް ކަމަށްވާ އަލީ އާރިފްވެސް ވަނީ ކުއްލި ގޮތަކަށް މަގާމުން ވަކިކުރައްވާފަ އެވެ.

Advertisement

ކޮމެންޓް