އެމްޑަބްލިއުއެސްސީގެ އީ ޕޯޓަލް އީފާސް މެދުވެރިކޮށް ހިދުމަތް ހޯދޭ ގޮތަށް އަލުން ތައާރަފްކޮށްފި
މާލެ ވޯޓާރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ އީ-ޕޯޓަލް އަޕްގްރޭޑްކޮށް އައު ފީޗާތަކާއެކު ލޯންޗުކޮށްފި އެވެ.
"އީފާސް" ބޭނުންކޮށްގެން ލޮގިން ވެވޭގޮތައް ތަރައްގީކޮށްފައިވާ މި އައު ކަސްޓަމަރ ސާވިސް އީ-ޕޯޓަލް، މާދަމާ (29 ނޮވެމްބަރު 2026) އިން ފެށިގެން ބޭނުންކުރެވޭނެ ކަމަށް އެމް.ޑަބްލިޔު.އެސް.ސީން ބުނެއެވެ.
އައު ޕޯޓަލް މެދުވެރިކޮށް ހިދުމަތްތަކަށް އެދޭނެ ގޮތުގެ މައުލޫމާތު ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށްޓަކައި، ހާއްސަ ޓިއުޓޯރިއަލް ވީޑިއޯތައް ކުންފުނީގެ ސޯޝަލް މީޑިއާ މަންސަތަކުގައި ހިއްސާކުރަމުންދާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. މީގެ އިތުރުން އެކުންފުނިން ބުނީ، މި ބަދަލާއި އެކު ކަސްޓަމަރުންނަށް ކުންފުނީގެ އީޕޯޓަލް މެދުވެރިކޮށް ފަސޭހަކަމާއެކު ހިދުމަތްތަކަށް އެދިލެއްވޭނެ ކަމަށެވެ.
އެމް.ޑަބްލިޔު.އެސް.ސީން ބުނީ އެ ކުންފުނީގެ އަމާޒަކީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކަސްޓަމަރުންނަށް ވީހާވެސް އަވަސް އަދި އިތުބާރުހުރި ހިދުމަތްތަކެއް އަބަދުވެސް ފޯރުކޮށްދިނުން ކަމަށެވެ.