އުމްރާއަށް ގޮސް އުޅެނިކޮށް ގެއްލުނު މީހާ ފެނިއްޖެ
އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާ އަށް ގޮސް އުޅެނިކޮށް ގެއްލުނު މީހާ ފެނިއްޖެއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު "އެކްސް" ގައި ވިދާޅުވީ އުމްރާ އަށް ގޮސް ހުއްޓައި ގެއްލުނު އުމްރާވެރިޔާ ފެނިިފައިވާ ކަމަށެވެ. އަދި އެމީހާގެ ހާލު ރަނގަޅު ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.
ގެއްލިގެން ހޯދީ ޏ. ފުވައްމުލަށް/ސްޓެއްލާ، ހުސެއިން މުހައްމަދު ދީދީ 63، އެވެ. އުމްރާގެ އަޅުކަން އަދާކުރުމަށް ހުސެއިން ސައުދީ އަރަބިއްޔާ އަށް ދިޔައީ އިއްޔެގެ ވަގުތެއްގައި އުމްރާ ގްރޫޕެއް ކަމަށްވާ ޔަލަމްލަމް ގްރޫޕްގެ ހަވާލުގައެވެ.