14 ފެބްރުއަރީ 2025

Advertisement

މޫކޭ އާއި ޔާސިރުގެ ޕާސްޕޯޓު ހިފަހައްޓައިފި

28 ޑިސެމްބަރު 2024
އާރުޑީސީގެ ކުރީގެ އެމްޑީ މޫސާ އަލިމަނިކު (މޫކޭ)

ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) އާއި ކުރީގެ ޗީފް ފައިނޭންޝަލް އޮފިސަރ (ސީއެފްއޯ) ޔާސިރު ހަސަންގެ ޕާސްޕޯޓު ހިފަހައްޓައިފި އެވެ.

ފުލުހުން ބުނީ، ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން މޫކޭ އާއި ޔާސިރު ފުރުން މަނާކުރުމަށް ކޯޓުން އަމުރެއް ނެރެ އެކަން އެ ދެ މީހުންނަށް މިހާރު އަންގާފައިވާނޭކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައި މޫކޭ އާއި ޔާސިރު ދިރިއުޅޭ ތަންތަން ބަލާ ފާސްކޮށް ފުލުހުން ވަނީ އެމީހުން ބޭނުންކުރަމުންދާ އިލެކްޓްރޯނިކް ސާމާނުތަކެއް ގެންގޮސްފައިއެވެ.

Advertisement

Advertisement

ކޮމެންޓް