05 ފެބްރުއަރީ 2025

Advertisement

އިންޓަރ ބަލިކޮށް އޭސީ މިލާނުން ސުޕަކަޕް ކާމިޔާބު ކޮށްފި

07 ޖެނުއަރީ 2025

އިޓާލިއަން ސުޕަ ކަޕްގެ ފައިނަލުގައި އިންޓަރ މިލާނާއި ދެކޮޅަށް އޭސީ މިލާން ކުޅުނު މެޗު ފަހަތުން އަރާ 3-2 ގެ ނަތީޖާއަކުން އޭސީ މިލާނުން މެޗު ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ސައުދި އަރަބިއްޔާގެ ރިޔާދުގައި ކުޅުނު ފައިނަލް މެޗު ކާމިޔާބު ކުރުމާއެކު އޭސީ މިލާނުން މި މުބާރާތް ކާމިޔާބުނުކުރެވި ދިޔަ އަށް އަހަރަށް ނިމުމެއް ވަނީ އައިސްފަ އެވެ. އޭސީ މިލާނުން އެންމެ ފަހުން މި މުބާރާތް ކާމިޔާބު ކޮށްފައިވަނީ 2016 ވަނަ އަހަރު ޕެނަލްޓީ ޖަހައިގެން ޔުވެންޓަސް ބަލިކުރުމަށްފަހުގަ އެވެ.

އޭސީ މިލާނުގެ ކޯޗު ކަމުގެ މަގާމުން ޕައޮލޯ ފޮންސޭކާ ވަކި ކުރުމަށްފަހު ޕޯޗުގަލްގެ ސާޖިއޯ ކޮންސެސާއޯ އެ މަގާމުގައި ހަވާލުވި ދެވަނަ މެޗުން އެ ޓީމަށް ތަށްޓެއް ހޯދަދީފައިވާއިރު އޭނާގެ ފުރަތަމަ މެޗުގައި ވަނީ މުބާރާތުގެ ސެމީ ފައިނަލުގައި ޔުވެންޓަސް ބަލިކޮށްފަ އެވެ.

Advertisement

ދެ ޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އިންޓަރ މިލާނުގެ ލައުޓާރޯ މާޓީނޭޒް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

އަދި ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ދެވަނަ މިނިޓުގައި މަހުދީ ތަރީމީ ވަނީ އިތުރު ލަނޑެއް ޖަހާ އިންޓަރ މިލާނުގެ ލީޑު ފުޅާކޮށްދީފަ އެވެ.

އޭސީ މިލާނަށް މި މެޗުގައި އިންމީދެއް ލިބިގެންގޮސްފައިވަނީ މެޗުގެ 52 ވަނަ މިނިޓުގައި ތިއޯ ހަނާންޑޭޒް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މިލާނުން މި މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދިހަ މިނިޓަށް ވެފައިވަނިކޮށް ކްރިސްޓިއަން ޕުލިސިޗް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މި މެޗުން އޭސީ މިލާން މޮޅުވި ލަނޑު މެޗުގެ އިތުރު ވަގުތުގެ ކުޅުމުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޓެމީ އަބްރަހަމް އެވެ.އިޓާލިއަން ސުޕަ ކަޕް އެންމެ ގިނައިން ކާމިޔާބުކޮށްފައިވަނީ ޔުވެންޓަސް އިންނެވެ. އެ ޓީމުން 9 ފަހަރު މި މުބާރާތް ކާމިޔާބު ކޮށްފައިވާއިރު އިންޓަރ މިލާނާއި އޭސީ މިލާނަށް މި މުބާރާތް ކާމިޔާބު ކުރެވިފައިވަނީ 8 ފަހަރެވެ.

Advertisement

ކޮމެންޓް