05 ފެބްރުއަރީ 2025

Advertisement

އެހެން ތާރީޚަކަށް ޕީއެންއެފްގެ ގައުމީ ޖަލްސާ ފަސްކޮށްފި

09 ޖެނުއަރީ 2025

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންއެފް)ގެ ގައުމީ ޖަލްސާ ފަސްކޮށްފި އެވެ.

ޕީއެންއެފްގައި އިސްކޮޅު އުޅުއްވާ ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވީ މާދަމާ ބޭއްވުމަށް ހަމަޖައްސާފައި އޮތް ޕީއެންއެފްގެ ޤައުމީ ޖަލްސާ އެހެން ތާރީޚަކަށް ފަސްކުރެވިފައިވާ ކަމަށެވެ. ގައުމީ ޖަލްސާ ދެން އޮންނާނެ ތާރީޚެއް ވަރަށް އަވަހަށް އިޢުލާން ކުރާނެ ކަމަށް މަލީހު ވިދާޅުވި އެވެ.

ޕީއެންއެފްގެ ގައުމީ ޖަލްސާ ފަސްކޮށްފައިވާއިރު، އެ ޕާޓީގެ މެމްބަރުން އެހެން ޕާޓީތަކަށް "ވަގަށް" ގެންދާ މައްސަލަ އިލެކްޝަންސް ކޮމިޝަނަށް އިއްޔެ ވަނީ ހުށަހަޅާފަ އެވެ.

Advertisement

އިލެކްޝަންސް ކޮމިޝަނުން ޕީއެންއެފް ރަޖިސްޓްރީކޮށްދިނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 25 ގަ އެވެ.

ޕީއެންއެފަކީ ޔާމީން ޕީޕީއެމުން ވަކިވެވަޑައިގެން އުފައްދަވަން ނިންމެވި ޕާޓީއެކެވެ.

އެ ޕާޓީއާ އެކީ މިހާރު އީސީގެ ދަފްތަރުގައި 11 ސިޔާސީ ޕާޓީއެއް ހިމެނެ އެވެ.

Advertisement

ކޮމެންޓް