އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓަކު ޕީއެންސީ އަށް
އިދިކޮޅު އެމްޑީޕީގެ ސޯޝަލް މީޑިއާގެ އެކްޓިވިސްޓެއް ކަމަށްވާ އަހުމަދު ރަޝީދު ޕީއެންސީއާ ގުޅިއްޖެ އެވެ.
އޭނަ އެ ޕާޓީ އަށް ސޮއިކޮށް ފޯމް ހަވާލުކުރީ ޕީއެންސީގެ ރައީސް، ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުއާ އެވެ. ރައީސް ވަނީ އަހުމަދަށް މަރުހަބާ ވެސް ވިދާޅުވެފަ އެވެ.
އޭނަ ފޯމް ހަވާލުކުރަން މުލިއާގޭގައި ބޭއްވި ހަފުލާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއް ރަހީމް އާއި ޕީއެންސީގެ ޕީޖީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހާއި ޕީއެންސީގެ ބަހެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
އެމްޑީޕީގެ މެމްބަރަކު ޕީއެންސީއާ ގުޅިވަޑައިގަތް އިރު، މި ފަހުން ވަނީ އެ ޕާޓީގެ މެންބަރުން ވަގަށް ޕީއެންސީ އަށް ވައްދާކަމުގެ ޝަކުވާތައް ވެސް ބޮޑުވެފަ އެވެ. އަދި އެ މައްސަލަ އެމްޑީޕީން އިލެކްޝަން ކޮމިޝަނަށާއި ފުލުހުންނަށް ވެސް ހުށަހަޅާފައިވެ އެވެ.
ފާހަގަކޮށްލެވޭ އަނެއް ކަމަކީ ކުރިން އެމްޑީޕީ ދޫކޮށްލައި ދަ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އުފެއްދެވުމުގައި އިސްކޮށް ތިއްބެވި ބޭފުޅުން މިހާރު އެ ޕާޓީ ދޫކޮށްލައްވައި އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައިވާކަމެވެ. އޭގެ ތެރޭގައި ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފާއި ނައިބު ރައީސް މުހައްމަދު ޝިފާޒް ހިމެނިވަޑައިގަނެ އެވެ.