05 ފެބްރުއަރީ 2025

Advertisement

ފެނަކައިގެ ޑީއެމްޑީ އިސްތިއުފާ ދީފި

12 ޖެނުއަރީ 2025

ފެނަަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހުސައިން ޒުހުރީ އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އޭނަ އިސްތިއުފާ ދެއްވުމާ ގުޅިގެން ފެނަކަ އިން މިއަދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވަނީ ފާއިތުވި ތަނުގައި ކުންފުންޏަށް ޒުހުރީ ކޮށް ދެއްވި ހިދުމަތަށް ޝުކުރު އަދާކޮށްފަ އެވެ.

އޭނަ އިސްތިއުފާ ދެއްވި ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފުސީލެއް ނުލިބެ އެވެ.

Advertisement

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުއާޒު މުހައްމަދު ރަޝީދު މިދިޔަ މަހުގެ 23 ގައި އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމަށް ހަމަ އެ ދުވަހު ސަރުކާރުން ވަނީ މޭޖާ ރިޓަޔާޑް މުހައްމަދު ނަޖާހު އައްޔަންކޮށްފަ އެވެ.

Advertisement

ކޮމެންޓް