14 ފެބްރުއަރީ 2025

Advertisement

އިމްރާނަށް ޚާނަށް 14 އަހަރުގެ ޖަލު ހުކުމެއް

17 ޖެނުއަރީ 2025

ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު އިމްރާން ޚާން އަށް 14 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.

އިމްރާނަށް 14 އަހަރުގެ ޖަލު ހުކުމެއް އިއްވީ އޭނާގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝަންގެ ދައުވާ ސާބިތުވުމުންނެވެ. މި މައްސަލައިގައި އިމްރާންގެ އަނބިކަނބަލުން ބުޝްރާ ބިބީ 7 އަހަރަށް ޖަލަށްލާން ވެސް މިއަދު ވަނީ ހުކުމްކޮށްފަ އެވެ.

ދިގު މުއްދަތަކަށް ޖަލަށްލުމުގެ އިތުރުން އެއް މިލިއަން ޕާކިސްތާން ރުޕީސް އިން އިމްރާން ވަނީ ޖޫރިމަނާ ވެސް ކޮށްފަ އެވެ.

Advertisement

މިއީ އޮގަސްޓް 2018 އިން ފެށިގެން އޭޕްރީލް 2022 އާ ހަމައަށް ޕާކިސްތާނުގެ ބޮޑުވަޒީރަކަށް ހުންނެވި އިމްރާންގެ މައްޗަށް ކުށް ސާބިތުވި ހަތަރުވަނަ މައްސަލަ އެވެ. އިމްރާން ގެންދަވަނީ 2023 އިން ފެށިގެން ޖަލުގައި ދުވަސްތައް ހޭދަކުރައްވަމުންނެވެ.

އިމްރާންގެ މައްޗަށް އަދިވެސް ގިނަ މައްސަލަތަކެއްގައި ދައުވާތަކެއް އުފުލާފައިވާއިރު، އޭނާ ވަނީ މިއީ ޕާކިސްތާނު ސަރުކާރުން ސިޔާސީ ބޭނުމެއްގައި ކުރަމުންދާ ކަންތައްތަކެއް ކަމަށް ވިދާޅުވެފަ އެވެ.

Advertisement

ކޮމެންޓް