14 ފެބްރުއަރީ 2025

Advertisement

މިދިޔަ އަހަރު 5.2 ބިލިއަން ރުފިޔާގެ ލޯނު ނެގި

19 ޖެނުއަރީ 2025

ސަރުކާރުން މިދިޔަ އަހަރުގެ ތެރޭގައި ނުވަ ލޯނެއް ނެގި ކަމަށާއި އެ ލޯންތަކަށް 334 މިލިއަން ޑޮލަރު (5.2 ބިލިއަން ރުފިޔާ) އަރާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މިނިސްޓްރީން ބުނީ އެންމެ ބޮޑު ލޯނެއް ނެގީ ސައުދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ކަމަށެވެ. އެއީ 150 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) ގެ ލޯނެކެވެވެ. ދެން އެންމެ ބޮޑު ލޯނެއް ނެގީ އެކްސްޕޯޓު އިމްޕޯޓު ބޭންކް އޮފް ޗައިނާ (ޗައިނާ އެގްޒިމް) ބޭންކުންނެވެ. އެ ބޭންކުން ނެގި ލޯނުގެ އަގު 75 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ) އަށް އަރަ އެވެ.

ތިން ވަނަ އެންމެ ބޮޑު ލޯނެއް ނެގީ އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކް (އައިޑީބީ) އިންނެވެ. އެ ބޭންކުން ނެގި ދެ ލޯނަނަކަށް 40 މިލިއަން ޑޮލަރު (617 މިލިއަން ރުފިޔާ) އަރަ އެވެ.

Advertisement

މިދިޔަ އަހަރު ނެގި ލޯނުތަކުގެ ތެރެއިން އެންމެ ގިނަ ލޯން ނެގީ ރާއްޖޭގެ މައި އެއާޕޯޓް ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ތަރައްގީގެ މަސައްކަތްކަތަކަށެވެ. އެގޮތުން ލޯންތަކުގެ 80 ޕަސެންޓަކީ އެއާޕޯޓްގެ ތަރައްގީ އަށް ނެގި ލޯނުތަކެވެ.

Advertisement

ކޮމެންޓް