14 ފެބްރުއަރީ 2025

Advertisement

މަސްވެރިންނަށް 4.7 މިލިއަން ރުފިޔާ ދޫކޮށްފި

24 ޖެނުއަރީ 2025

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން މަސްވެރިންނަށް 4.7 މިލިއަން ރުފިޔާ ދޫކޮށްފި އެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި މިފްކޯ އިން ބުނީ، މި މަހުގެ 22 ވަނަ ދުވަހު 79 މަސް ދޯންޏަކުން ކިރުވި މަހަށް 4،746،204 ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.

މިފްކޯގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި ސަރުކާރު ވެރިކަމަށް އައި ފަހުން މިހާތަނަށް 1.18 ބިލިއަން ރުފިޔާ އަށް ވުރެ ގިނަ ފައިސާ މަސްވެރިންނަށް ވަނީ ދޫކޮށްފަ އެވެ.

Advertisement

މި ސަރުކާރު ވެރިކަމަށް އައި އިރު، ރައީސް މުއިއްޒު މަސްވެރިންނަށް ވެވަޑައިގަތް އެންމެ މުހިއްމު އެއް ވައުދަކީ މަސްވެރިން ކިރުވާ މަހަށް ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ. އެ ވައުދު މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ވަނީ ތަންފީޒު ކުރަން ފަށާފަ އެވެ.

Advertisement

ކޮމެންޓް