14 ފެބްރުއަރީ 2025

Advertisement

މޯލްޑިވިއަންގެ އޮންލައިން ބުކިން މައްސަލަ ހައްލުކޮށްފި

01 ފެބްރުއަރީ 2025

މޯލްޑިވިއަންގެ އޮންލައިން ބުކިން ސިސްޓަމަށް ދިމާވި ޓެކްނިކަލް މައްސަލަ މިހާރު ހައްލުކޮށްފައިވާކަމަށް ރައްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން ބުނެފިއެވެ.

މޯލްޑިވިއަން އިން ބުނީ، އެ އެއާލައިންގެ އޮންލައިން ބުކިން ސިސްޓަމަށް ދިމާވި ޓެކްނިކަލް މައްސަލަ އަކާއި ގުޅިގެން ބުކިން ސިސްޓަމުން ޓިކެޓްގެ އަގުތައް ފެންނަން ހުރީ ބޮޑުކޮށް ކަމަށެވެ. ނަމަވެސް މިހާރު އެމައްސަލަ ހައްލުކޮށްފައިވާ ކަމަށާއި އެ އެއާލައިނުން ޑޮމެސްޓިކް ދަތުރުތަކުގެ އެއްވެސް ޓިކެޓެއްގެ އަގަށް ބަދަލެއް ނުގެންނަ ކަމަށެވެ. މީގެ އިތުރުން އެއެއާލައިން އިން ބުނީ  ޓިކެޓް އަގުބޮޑުވި ކަމަށް ދެއްކި މައްސަލައާ ގުޅިގެން ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް ކަސްޓަމަރުންގެ ކިބައިން މާފަށް އެދިފައިވާ ކަމަށެވެ.

މޯލްޑިވިއަނުން މިހާރު ރާއްޖޭގެ 17 މަންޒިލަކަށް ދަތުރުތައް ކުރެ އެވެ. އެ އެއާލައިނުން ރާއްޖެ އިން ބޭރުގެ ތިން ގައުމެއްގެ ހަތް މަންޒިލަކަށް އަންނަނީ ދަތުރު ކުރަމުންނެވެ.

Advertisement


Advertisement

ކޮމެންޓް