06 ފެބްރުއަރީ 2025

Advertisement

ހިމަންދޫގައި ފަލަސްތީނަށް އެހީވުމަށް ހިންގި ހަރަކާތުގައި ސްޓެލްކޯ މުވައްޒަފުންގެ އެހީތެރިކަން ފޯރުކޮށްދީފި

05 ފެބްރުއަރީ 2025

އއ. ހިމަންދޫގައި ފަލަސްތީނަށް އެހީވުމަށް ހިންގި ހަރަކާތުގައި ސްޓެލްކޯ މުވައްޒަފުންގެ އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މިއީ ހިމަންދޫ އިންޖީނުގޭގެ މުވައްޒަފުންގެ އިސްނެގުމާއެކު، ހިމަންދޫ ކައުންސިލް، ސަރުކާރުގެ މުއައްސަސާތައް އަދި ކްލަބް ޖަމްޢިއްޔާތަކާ ގުޅިގެން ހިންގި ހަރަކާތެކެވެ.

ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމަށްޓަކައި "ހެލްޕް ޣައްޒާ - ދިވެހިން ހަނދާނެއް ނުނެތޭ" ގެ ނަމުގައި ހިންގުނު ޚައިރާތީ ހަރަކާތުން ޖުމްލަ 260,800 ރުފިޔާ (ދެލައްކަ ފަސްދޮޅަސްހާސް އަށްސަތޭކަ ރުފިޔާ) އެއްކުރެވިފައިވާއިރު، މީގެ ތެރެއިން 126,560 ރުފިޔާ (އެއްލައްކަ ސައްބީސްހާސް ފަސްސަތޭކަ ފަސްދޮޅަސް ރުފިޔާ) އަކީ އިންޖީނުގޭގެ މުވައްޒަފުން ހަދިޔާކުރި ފައިސާއެވެ.

Advertisement

ސްޓެލްކޯ އިން ބުނީ މިފަދަ އިޖްތިމާޢީ ޚިދުމަތުގެ މަސައްކަތްތަކުގައި އެ ކުންފުނީގެ މުވައްޒަފުން ޢަމަލީގޮތުން ދައްކަމުންދާ ނަމޫނާއަށްޓަކައި ފަޚުރުވެރިވާ ކަމަށާއި އެ ފަރާތްތަކަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށެވެ.

Advertisement

ކޮމެންޓް