12 މާރިޗު 2025

Advertisement

ތިން ޓެކްސީ ޑްރައިވަރަކަށް ދައުވާކޮށްފި

14 ފެބްރުއަރީ 2025

ސަރުކާރުން ޓެކްސީގެ ހިދުމަތުގެ ތެރެއަށް ވަންނާތީ އެކަމާ ދެކޮޅަށް މިދިޔަ ޑިސެންބަރު މަހުގެ ތެރޭގައި މާލެ ސަރަހައްދުެގ ޑްރައިވަރުންތަކެއް ކުރި އިހުތިޖާޖުގެ ތެރޭގައި ފުލުހުންގެ މަސައްކަތަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ތިން ޑްރައިވަރަކަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އިން ދައުވާކޮށްފި އެވެ.

އެ ތިން ޑްރައިވަރުންނަކީ މއ. ވިރާހު، މުހައްމަދު ޝާމިން، 39، އާއި މއ. ނަހީދީ މަންޒިލް، މިސްބާހު ޝަރީފް، 31، ގެ އިތުރުން ހދ. ކުމުންދޫ، ހޮލިޑޭވިލެޖް، ނުއުމާން އަހުމަދު، 36، އެވެ.

ސަރުކާރުން ޓެކްސީ ޑްރައިވަރުންގެ ޑިމާންޑުތަކަށް ޖަވާބެއް ނުދޭ ކަމަށް ބުނެ ޓެކްސީ ޑްރައިވަރުން ކުރި މުޒާހަރާގައި ހުޅުމާލެއިން ހައިވޭއަށް އަރަން އޮންނަ މަގު ވެސް ބަންދުކުރި އެވެ. އޭގެ ސަބަބުން ޓްރެފިކް ތޮއްޖެހި މަގު ބްލޮކްވި އެވެ. އިހުތިޖާޖުގެ ތެރެއިން ހަތަރު ފުރޮޅުލި 20 ވެހިކަލެއް ފުލުހުން ޓޯ ވެސްކޮށްފައިވެ އެވެ.

ސަރުކާރުން މިދިޔަ ބުދަ ދުވަހު ޓެކްސީ ލައިނެއްގެ ހިދުމަތް ދޭން އެމްޓީސީސީއާ ހަވާކުކޮށްފަ އެވެ.

Advertisement

ކޮމެންޓް